މަސައްކަތް
ނަންބަރު: F10C-A/2020/11
ޕަބްލިޝްކުރި ތާރީޚް: 09 އޮގަސްޓް 2020
ޕަބްލިޝްކުރި ގަޑި: 14:23
ސުންގަޑި: 16 އޮގަސްޓް 2020 10:30
މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ.

މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ މެޖިސްޓްރޭޓު ކޯޓުން ދެއްވާ މަޢުލޫމާތާއި އެއްގޮތަށް ބ.ތުޅާދޫ މެޖިސްޓްރޭޓް ކޯޓުގެ ކަރަންޓްވަޔަރިން ބަދަލުކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.

ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤްވެރިވެވަޑައިގަންނަވާ ފަރާތްތަކުން 16 އޮގަސްޓް 2020 ވާ އާދީއްތަ ދުވަހުގެ 10:30 އަށް މިކޯޓަށް ނުވަތަ ބ.ތުޅާދޫ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 23 އޮގަސްޓް 2020 ވާ އާދިއްތަ ދުވަހުގެ 10:30އަށް މިކޯޓަށް ނުވަތަ ބ.ތުޅާދޫ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި މަސައްކަތަށް މަޢުލޫމާތު ސާފުކޮށް އަންދާސީ ހިސާބު ހުށަހެޅޭނީ ޤާނޫނު ނަންބަރު: 2014/18 (ވިޔަފާރި ރަޖިސްޓަރީ ކުރުމާބެހޭ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެމަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ބޭފުޅުންގެ އަންދާސީ ހިސާބުތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް އަދި މަޢުލޫމާތު ފުރިހަމަނުކުރައްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ. ކުންފުނި، ޕާރޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ، އަމިއްލަފަރުދުންގެވިޔަފާރި ތަކުން ބަދަލުގައި މީހަކު ވަޑައިގަންނަވާނަމަ، ތަނުގެ ލިޔުމަކާއެކު ވަޑައިގެންނެވުން އެދެމެވެ.    

09 އޮގަސްޓް 2020