ދެންނެވުން
ނަންބަރު: (IUL)425-CB/425/2020/6
ޕަބްލިޝްކުރި ތާރީޚް: 05 އޮގަސްޓް 2020
ޕަބްލިޝްކުރި ގަޑި: 14:13
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަތޮޅުތަކުން މާލެ އަންނަ އުޅަނދުފަހަރު ލަފާފުރުމުގައި މާލޭ ސަރަހައްދު ބޭނުންކުރުމާގުޅޭ

                                  އިޢުލާން

 

އަތޮޅުތަކުން މާލެ އަންނަ އުޅަނދުފަހަރު ލަފާފުރުމުގައި މާލޭ ސަރަހައްދު ބޭނުންކުރުމާގުޅޭ

            ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ފަރާތުން ކޮވިޑް-19 އިން ރައްކާތެރިވުމަށް ޚާއްޞަ ފިޔަވަޅުތަކެއް އަޅައި  04 އޮގަސްޓް 2020 ގައި ނެރުއްވާފައިވާ އެ އޭޖެންސީގެ ނަންބަރު 53/2020 (04 އޮގަސްޓް 2020) އެންގުމުގެ 6 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މާލޭ ސިޓީއަށް އަތޮޅުތަކުން އުޅަނދުފަހަރު ލަފާފުރުމުގައި ބޭނުންކުރާނެ ސަރަހައްދު ތަކެއްގެ ގޮތުގައި ތިރީގައި މިދަންނަވާ ސަރަހައްދުތައް ހަމަޖައްސައިފީމެވެ. އަދި ތިރީގައި މިދަންނަވާ ސަރަހައްދުތައް ނޫން އެހެން އެއްވެސް ސަރަހައްދަކުން މާލޭ ސިޓީއަށް އަތޮޅުތަކުން އަންނަ އުޅަނދު ފަހަރަށް ބޭނުންނުކުރެވޭނެކަމުގައި ދަންނަވަމެވެ.

1-      އަތޮޅުތަކުން މާލެ އަންނަ ދޯނިފަހަރު ލަފާފުރުމުގައި މާލޭ ނޯތު ހާބަރާއި ޓީ ޖެޓީ ސަރަހައްދު ބޭނުންކުރުން.

2-      އަތޮޅުތަކުން މާލެ އަންނަ އަދި މާލެއިން ފުރާ ސްޕީޑް ލޯންޗު ފަހަރު މާލޭ 01 ނަންބަރު ޖެޓީ (އެމްއެމްއޭ ކުރިމަތި ފަޅު) ބޭނުންކުރުން.

3-      އަތޮޅުތަކުން މާލެއަންނަ މަސްވެރިކަންކުރާ އުޅަނދުފަހަރާއި އެހެނިހެން އުޅަނދު ފަހަރު ހުޅުމާލޭ ބަދަރު ލަފާފުރުމުގައި ބޭނުންކުރުން.

4-      އަތޮޅުތަކުން މާލެއަންނަ އުޅަނދުފަހަރު ލަފާފުރުމުގައި ތިލަފުށީ ބަދަރު ބޭނުންކުރުން.

5-      ރިސޯޓުތަކުން މާލެ އަންނަ އަދި މާލެއިން ފުރާ ސްޕީޑް ލޯންޗު ފަހަރު މާލޭ 05 ނަންބަރު ޖެޓީ އާއި 06 ނަންބަރު ޖެޓީ (ބޭންކް އޮފް މޯލްޑިވްސް ކުރިމަތިފަޅު) ބޭނުންކުރުން.

             ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ޚާއްޞަ ފިޔަވަޅުތަކާއި ގުޅޭގޮތުން މާލޭ ސިޓީގައި އަމަލުކުރާނެ ވަކި ގޮތެން ކަނޑައަޅައި އަންގަންދެން،އަތޮޅުތަކުންނާއި ރިސޯޓުތަކުން މާލޭ ސިޓީއަށް އަންނަ އަދި މާލޭ ސިޓީން ފުރާ އުޅަނދުފަހަރުތައް މަތީގައި ދަންނަވާފައިވާގޮތަށް އަމަލުކުރަމުން ގެންދިއުމަށް އާންމުކޮށް އަންގާ އިޢުލާނުކުރަމެވެ.

05 އޮގަސްޓް 2020