ދިވެހިރާއްޖެ
ނަންބަރު: FNK-I/IUL/2020/128
އިސްލާހް - 01
އިޢުލާން
ގއ.ކޮލަމާފުށި އައު އޮފީސް ޢިމާރާތް ކުރުމާއި ގުޅޭ:
މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރޯގާއާ ގުޅިގެން ސަރުކާރުން އަޅަމުންގެންދާ ހަރުދަނާ ފިޔަވަޅުތަކުގެ ދަށުން، މި ކުންފުނީގެ މުވައްޒަފުންނާއި، ކުންފުންޏާއި ގުޅުންހުރި ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މި ކުންފުނިން ދަނީ ގިނަގުނަ ފިޔަފަޅުތަކެށް އަޅަމުންނެވެ.
މިކުންފުނިން ދޭ ކުރެހުމާއި ބީ.އޯ.ކިޔު އަދި މަޢުލޫމާތާއި އެއްްގޮތަށް އަމިއްލަ ތަކެތީގައި ގއ.ކޮލަނާފުށީގައި މި ކުންފުނީގެ އައު އޮފީހެއް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކުރެވިފައިވާ ތާވަލާއިއެއްގޮތަށް މި ކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ)އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް، ކުރެހުން އަދި ބީ.އޯ.ކިޔު ހިމެނިފައިވާ ސީ.ޑީ ޕްރީބިޑަށް ވަޑައިގަންނަވާ ފަރާތްތަކަށް ހިއްސާކުރެވޭނެކަމުގައި ދަންނަވަމެވެ.
|
ތާރީޚް |
ވަގުތު |
މަޢުލޫމާތު ސާފުކުރުން |
09 އޮގަަސްްޓް 2020 |
13:00 މެންދުރު |
އަންދާސީ ހިސާބު ހުށަހެޅުން |
17 އޮގަސްޓް 2020 |
11:00 ހެނދުނު |
ނޯޓް: ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް އަދި މި އިޢުލާނާ ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް އީމެއިލް ކުރައްވާނީ[email protected] އަށެވެ.