ދިވެހިރާއްޖެ
އިޢުލާން
ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި 2020 އޮގަސްޓް 4 ން 6 އަށް އޮފީސްތަށް ނުހުޅުވާގޮތަށް ސަރުކާރުން ނިންމައި، އޮންލައިން ކޮށް ދެވެން ހުރި ޚިދުމަތްތައް އޮންލައިން މެދުވެރިކޮށް ދިނުމަށް ނިންމެވުމާގުޅިގެން، މިކޮމިޝަނުގެ މަސައްކަތްތައް މެދުނުކެނޑޭނެގޮތަށް ކުރިއަށްގެންދިއުމަށްޓަކައި ތިރީގައިވާ ގޮތަށް ޚިދުމަތް ދިނުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމާފައިވާތީ، އެކަން ޢާއްމުކޮށް އަންގައި އިޢުލާން ކުރަމެވެ.
- ޢާއްމު ފަރާތްތަކުން، ކޮމިޝަނަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް ކޮމިޝަނުގެ [email protected] މެއިލްއަށް ފޮނުއްވުމުން ބަލައިގަންނަގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ދައުލަތުގެ އެކިއެކި މުއައްސަސާތަކުން ޖެމްސް މެދުވެރިކޮށް ފޮނުވާ ލިޔެކިޔުންތަކާއި އެހެނިހެން އިލެކްޓްރޯނިކް ޒަރިއްޔާއިން ކޮމިޝަނަށް ފޮނުއްވާ ލިޔެކިޔުންތައް ވެސް ބަލައިގަންނަ ގޮތަށް ވަނީ ހަމަޖެހިފައެވެ.
2. ކޮމިޝަނަށް ގުޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން، ކޮމިޝަންގެ ނަންބަރު 009607821400 ށް ބޭނުންފުޅުވާ ޚިދުމަތެއް ޓެކްސްޓް ކޮށްލައްވައި އެ ޓެކްސްޓްގައި އީމެއިލްއެޑްރެސް އަދި ނަން މެސެޖް ކުރެއްވުމުން ޖެހިގެން އަންނަ ދުވަހުގެ 15:00 ގެ ކުރިން ކޮމިޝަނުން އެބޭފުޅަކާ ގުޅާގޮތަށް ވަނީ ހަމަޖެހިފައެވެ.
13 ޛުލްޙިއްޖާ 1441
03 އޮގަސްޓް 2020