ޢާންމު މަޢުލޫމާތު
ނަންބަރު: (NINMUN) 427-LCM/PRIV/2014/3
ޕަބްލިޝްކުރި ތާރީޚް: 15 އޭޕްރިލް 2014
ޕަބްލިޝްކުރި ގަޑި: 12:25
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން
ދިވެހިރާއްޖެ
ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ޚިލާފުވުމުން ދެވޭ އިންޒާރު

މިއީ 23، 24 އަދި 25 ފެބްރުއަރީ 2014 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަންގެ ތިން މެމްބަރެއްގެ ފޮޓޯ އެކޮޅު ކޮޅުން ޖަހައިގެން ދި ޓީވީން ބްރޯޑްކާސްޓްކޮށްފައިވަނީ އެ ފަރާތްތަކުގެ ޢިއްޒަތާއި ގަދަރަށް އުނިކަން އަންނަ ގޮތަށް ކަމަށް ނިންމައި، އަދި މިއީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ތިންވަނަ ހަމައިގެ (1) އާ ޚިލާފު ކަމެއްކަމަށް ކުރިންވެސް ނިންމާފައި އޮތްކަމަކަށް ވާތީ އާއި މި ކަންކަމަށް ފިޔަވަޅު އެޅުމުން ވެސް އެއްވެސް އިޞްލާޙެއް ނުގެނެސް އެކަން ތަކުރާރު ކުރަމުންދާކަމަށް ފާހަގަކުރެވޭތީ، މި ފަދަ ކަމެއް ދެން ތަކުރާރު ކޮށްފިނަމަ ހަރުކަށި ފިޔަވަޅު އަޅަން ޖެހިދާނެ ކަމަށް ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 44 ވަނަ މާއްދާގެ (ހ)ގެ 2ގެ ދަށުން، ބްރޯޑްކާސްޓިންގ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދެވޭ އިންޒާރެކެވެ.

15 އޭޕްރިލް 2014