ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)1-POL(RA)/1/2020/27
ޕަބްލިޝްކުރި ތާރީޚް: 03 އޮގަސްޓް 2020
ޕަބްލިޝްކުރި ގަޑި: 02:12
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީގެ މަސައްކަތް ތާވަލް ލަސްވުމާގުޅޭ

ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީ

މާލެ، ދިވެހިރާއްޖެ

 

ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީގެ މަސައްކަތް ތާވަލް ލަސްވުމާގުޅޭ

28 ޖުލައި 2020 ގައި ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީގެ މުވައްޒަފަކު ކޮވިޑަށް ފައްސިވުމާ ގުޅިގެން، މި ކޮމިޓީގެ ބައެއް މުވައްޒަފުން ކަރަންޓީންކުރަން ޖެހި، ކޮންޓެކްޓް ޓްރޭސިންގގެ މަސައްކަތް ކުރިއަށްގެންދިއުމަށްޓަކައި ކޮމިޓީގެ މަސައްކަތް ވަގުތީގޮތުން މެދުކަނޑާލަން ވަނީ ޖެހިފައިއެވެ. އަދި 2 އޮގަސްޓް 2020 ގައި މި ކޮމިޓީގެ އިތުރު މުވައްޒަފަކު ކޮވިޑަށް ފައްސިވެފައިވާތީ، 14 ދުވަހުގެ މުއްދަތަށް، ކޮމިޓީގެ މެންބަރުންނާއި ހުރިހާ މުވައްޒަފުން ގޭގައި ކަރަންޓީންވެ ތިބުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗް.ޕީ.އޭ) އިން ވަނީ އަންގަވާފައެވެ. މި ކޮމިޓީއިން ކުރިން ނިންމާފައިވާގޮތަށް ޖުލައި މަހުގެ ފަހުކޮޅު ނުވަތަ އޮގަސްޓް މަހުގެ ކުރީކޮޅު ބައެއް ކެޓަގަރީތަކުގެ ލިސްޓްތައް ޢާންމުކުރުމަށްޓަކައި ކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުންދަނިކޮށް، މިހާރު ދިމާވެފައިވާ ހާލަތުގެ ސަބަބުން ލިސްޓްތައް ޢާންމުކުރުން ލަސްވެގެންދާނެކަން މައުލޫމާތަށްޓަކައި ދަންނަވަމެވެ.

މި ކޮމިޓީއިން އެންމެ ފުރަތަމަ ޢާންމުކުރުމަށް ނިންމާފައިވާ ކެޓަގަރީތަކުގެ ކުރެވިފައިވާ މަސައްކަތްތަކާއި ނުނިމިހުރި މަސައްކަތްތަކުގެ ތަފްސީލް ތިރީގައި މިވަނީއެވެ.

ކެޓަގަރީ

ފިޒިކަލް ވެރިފިކޭޝަން ފުރިހަމަކުރެވިފައި

ފިޒިކަލް ވެރިފިކޭޝަން ފުރިހަމަކުރެވިފައިނުވާ

H4 (ޑޮކްޓަރުންނާއި ނަރުހުން)

284 ފަރާތް

1 ފަރާތް (މާލެ ފިޔަވައި އެހެން ރަށެއްގައި ދިރިއުޅޭ)

H5 (ޓީޗަރުން)

720 ފަރާތް

1 ފަރާތް (މާލެ ފިޔަވައި އެހެން ރަށެއްގައި ދިރިއުޅޭ)

H8 (މާލޭ ރަށްވެހިން)

4261 ފަރާތް

23 ފަރާތް (މާލެ ފިޔަވައި އެހެން ރަށެއްގައި ދިރިއުޅޭ)

 

މި ކެޓަގަރީތަކުގެ މަތީގައި ދެންނެވިފައިވާ ފޯމުތަކުގެ ތެރެއިން ފިޒިކަލް ވެރިފިކޭޝަން ފުރިހަމަކުރެވިފައިނުވާ ފޯމަތައް ފިޔަވައި އެހެން ހުރިހާ ފޯމުތަކަށް ޕޮއިންޓް ދިނުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ވަނީ ނިމިފައިއެވެ. އަދި H7 ފިޔަވައި އެހެން ހުރިހާ ކެޓަގަރީއެއްގެ ދިރިއުޅުމުގެ ހާލަތު ބެލުމުގެ ޕްރޮސެސް ވަނީ ފަށާފައެވެ. މިގޮތުން ޖުމްލަ 12013 ފަރާތެއްގެ ދިރިއުޅުމުގެ ހާލަތު ބަލާ ނިމިފައިވާ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ. ކޮމިޓީގެ މަސައްކަތް އަލުން ފެށުމާއެކު، ވީ އެންމެ އަވަސް ތާރީޚެއްގައި ލިސްޓްތައް ޢާންމުކުރަން ފަށާނެވާހަކަ ދެންނެވީމެވެ.

03 އޮގަސްޓް 2020