ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)425-CB/1/2020/67
ޕަބްލިޝްކުރި ތާރީޚް: 02 އޮގަސްޓް 2020
ޕަބްލިޝްކުރި ގަޑި: 16:28
ސުންގަޑި:
15 އޮގަސްޓް 2020 00:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މާލޭ ސަރަހައްދުގައި ކަށުކަމާކެމީގެ ކަންކަން ކުރުމާއި އަދި ކަށުނަމާދު ކުރުމާ ބެހޭ.
މިދުވަސްވަރު މާލެ ސަރަޙައްދުގައި ކޮވިޑް-19 ފެތުރުން ވަރަށް ބޮޑަށް އިތުރުވެފައިވާތީ، ފަރުދުންގެ ރައްކާތެރިކަމަށްޓަކައި، މިއަދުން ފެށިގެން ޢަމަލު ކުރަމުން ގެންދާނީ ތިރީގައި ދެންނެވިފައި އެވާ ގޮތަށެވެ.
- މާލެ ސިޓީގެ މިސްކިތްތަކުގެ ތެރެއިން، މާލޭގައި ކަށު ނަމާދު ކުރާނީ، "މަސްޖިދުއް ތަޢާވުނި" (އާސަހަރާ މިސްކިތް) ގައެވެ.
- ކޮޑިވް ބަލީގައި ނިޔާވާ މީހުންގެ ކަށުނަމާދު ކުރާނީ ހުޅުމާލެ ސަހަރާ ގޯތިތެރޭ (ހިނަވާގެ ފެންޑާ) ގައެވެ.
- މަސްޖިދުއް ތަޢާވުނި (އާސަހަރާ މިސްކިތް) ގައި ކަށުނަމާދު ކުރެވޭނީ ފަރުޟު ނަމާދުގެ ޖަމާޢަތާއި ދިމާނުވާގޮތަށް، ނަމާދަށް ބަންގި ގޮވާ ވަގުތުން ފެށިގެން ބައިގަޑިއިރު ފަހުންނެވެ.
- މައްޔިތާ އާސަހަރާއަށް ގެނަވުމަށްފަހު، ވީއެންމެ އަވަހަކަށް މައްޔިތާގެ ކަށުކަމާކެމީގެ ކަންތައްތައް ނިންމުމަށްފަހު، މައްޔިތާ ވަޅުލުމަށް، މައްޔިތާގެ ޢާއިލާގެ ފަރާތުން ވަރަށް އިސްކަން ދެއްވަންވާނެއެވެ. ޖަމާޢަތްތެރިން އެގޮތަށް އެކަން ކުރަމުންދާނެއެވެ.
- މައްޔިތާ އާސަހަރާއަށް ގެނައުމަށްފަހު، ހިނަވާގޭގައި މައްޔިތާ ބޭއްވޭނީ ގިނަވެގެން 3 ގަޑި އިރުވަންދެނެވެ.
- މައްޔިތާގެ ޖަނާޒާގައި ބައިވެރިވުމަށް ޒިޔާރަތް ކުރައްވާ ފަރާތްތަކުން، ހިނަވާގެ އެތެރެއާއި ސަހަރާގެ ގޯތިތެރޭގައި އުޅުއްވާއިރު، ޢިޖުތިމާޢީ ގައިދުރުކަން ބެހެއްޓެވުމަށާއި އެޗް،ޕީ.އޭ ގެ އުޞޫލުތަކާއި އެއްގޮތަށް ޢަމަލުތައް ބެހެއްޓެވުމަށް ދަންނަވަމެވެ.
- ކަށުނަމާދުގެ ޖަމާޢަތުގައި މީހުން ތިބެންވާނީ ދެމީހުންގެ ދޭތެރޭގައި ހުސްޖާގައެއް އޮންނަ ގޮތަށެވެ.
ވީމާ، ހުރިހާ ފަރާތްތަކުންވެސް މިދެންނެވިގޮތަށް ޢަމަލު ކުރެއްވުމަށް އަންގައި އިޢުލާނު ކުރީމެވެ.
02 އޮގަސްޓް 2020