ޢާންމު މަޢުލޫމާތު
ނަންބަރު: NB/2020/01
ޕަބްލިޝްކުރި ތާރީޚް: 29 ޖުލައި 2020
ޕަބްލިޝްކުރި ގަޑި: 17:21
އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ނޫސް ބަޔާން

ނޫސް ބަޔާން

8  ޛުލްޙިއްޖާ 1441  - 29 ޖުލައި 2020                           NB/2020/01          

 

 

ސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކައި ސިޔާސީ ޕާޓީތަކުން ސިޔާސީ ޙަރަކާތްތައް ހިންގުމަކީ މުހިއްމު ކަމެކެވެ. އެހެން ނަމަވެސް، ސިޔާސީ ޕާޓީތަކުން ބާއްވާ ސިޔާސީ ޙަރަކާތްތައް ބާއްވަންވާނީ ޤާނޫނު ނަންބަރު: 4/2013 (ސިޔާސީ ޕާޓީގެ ޤާނޫނު)ގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ޤާނޫނުއަސާސީ އާއި ޤާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކުގެ އިމުގެ ތެރެއިންނެވެ.

މި ދުވަސްވަރަކީ ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 ބަލިމަޑުކަން ދިވެހިރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ދުވަސްވަރަކަށްވެފައި، މިބައްޔަށް ފައްސިވާ މީހުންގެ ޢަދަދު އިތުރުވެ، މި ބަލިމަޑުކަމުގެ ދެވަނަ ރާޅެއްގެ އަސަރު ބޮޑުވެފައިވާ ދަނޑިވަޅަކަށްވާތީ، ކޮވިޑް-19 އާ ގުޅިގެން ޤާނޫނު ނަންބަރު: 7/2012 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުން ނެރެފައިވާ ނަންބަރު: 2020/6 (ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިތުރަށް ދެމެހެއްޓުމަށް އިޢުލާނުކުރާ ޤަރާރު) ން ދިވެހިރާއްޖޭގައި އިޢުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ޙާލަތު 2020 އޯގަސްޓު 07 އަށް ވަނީ އިތުރުކޮށްފައެވެ.

ވީމާ، ސިޔާސީ ޕާޓީތަކުން ބާއްވާ ސިޔާސީ ޙަރަކާތްތައް ބާއްވަންވާނީ ޤާނޫނު ނަންބަރު: 1/2013 (ޞުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނު) އާއި ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހެލްތު ޕްރޮޓެކްޝަންސް އެޖެންސީއިން އަންގާފައިވާ އެންގެވުންތަކާ އެއްގޮތަށް ކަމުގައި ދަންނަވަމެވެ.

 

29 ޖުލައި 2020