ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)14-VDS/ 1 /2020/25
ޕަބްލިޝްކުރި ތާރީޚް: 29 ޖުލައި 2020
ޕަބްލިޝްކުރި ގަޑި: 1308
މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
މުދަލުގެ އެފް.އޯ.ބީ އަގުން ޑިއުޓީ ނެގުމާބެހޭ:

            ގާނޫނު ނަމްބަރު 31/19 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ގާނޫނު) އަށް 17 ވަނަ އިސްލާހު ގެނައުމާއި ގުޅިގެން، އެ ގާނޫނުގެ 6 ވަނަ މާއްދާއަށް ގެނެވުނު އިސްލާހުގައި، ދިވެހި ސަރުކާރަށް އިމްޕޯޓް ޑިއުޓީ ދައްކަންޖެހޭ މުދަލަށް ޑިއުޓީ ދެއްކުމުގައި މުދަލުގެ އަގުކަމުގައި ބަލާނީ އެ މުދަލުގެ އެފް.އޯ.ބީ އަގުކަމުގައި ވަނީ ކަނޑައަޅާފައެވެ. ނަމަވެސް، ދިވެހިރާއްޖެއަށް އިމްޕޯޓްކުރެވޭ މުދަލުގެ އެފް.އޯ.ބީ އަގުގެ އިތުރުން ފްރައިޓާއި އިންޝުއަރެންސް އަދި އެހެނިހެން ޙަރަދު ހިމެނޭނަމަ، އެ މުޢުލޫމާތަކީ ކަސްޓަމްސްގެ ސްޓެޓިސްޓިކްސް އަށާއި ކަސްޓަމްސްއިން ސްޓެޓިސްޓިކްސް ހޯއްދަވާ ފަރާތްތަކަށް ވަރަށް މުހިއްމު މަޢުލޫމާތަކަށް ވުމާއި އަދި މިއީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ތައްޔާރުކުރާ “BoP” "ބެލެންސް އޮފް ޕޭމަންޓް" އަށާއި، ޔުނައިޓެޑް ނޭޝަންސް ސްޓެޓިސްޓިކްސް ޑިވިޜަނުން ތައްޔާރުކުރާ “IMTS” (އިންޓަނޭޝަނަލް މަރޗަންޑައިސް ޓްރޭޑް ސްޓެޓިސްޓިކްސް) އަށްވެސް ވަރަށް މުހިންމު މައުލޫމާތުތަކެކެވެ.

            ވީމާ، 1 އޮގަސްޓް 2020 ވަނަ ދުވަހުން ފެށިގެން ދިވެހިރާއްޖެއަށް އިމްޕޯޓްކުރާ ތަކެތީގެ ތެރެއިން އިމްޕޯޓް ޑިއުޓީ ދައްކަންޖެހޭ މުދަލަށް ޑިއުޓީ ދެއްކުމުގައި މުދަލުގެ އަގުކަމުގައި ބަލާނީ، އެމުދަލުގެ އެފް.އޯ.ބީ އަގުކަމުގައި ކަނޑައަޅާފައި ވީނަމަވެސް މުދާ އިމްޕޯޓްކުރެއްވުމަށް ގްޑްސް ޑިކްލަރޭޝަން ފުރިހަމަކުރެއްވުމުގައި، މިހާރެކޭވެސް އެއްގޮތަށް ފްރައިޓް، އިންޝުއަރެންސް އަދި އެހެނިހެން ޙަރަދު ހިމެނޭނަމަ އެ މަޢުލޫމާތު ވަކިވަކީން ހިމަނައިގެން ޑިކްލަރޭޝަން ފޯމު ފުރިހަމަކުރަމުން ގެންދިޔުމަށް ދެންނެވީމެވެ. އަދި ކަސްޓަމްސް ޢާއްމު ޤަވާއިދުގެ 109 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ކަސްޓަމްސްއަށް ހުށަހަޅަންޖެހޭ އިންވޮއިސްގައި ހުންނަންޖެހޭ މަޢުލޫމާތަށް އެއްވެސް ބަދަލެއް އައިސްފައިނުވާ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

2020-07-29