ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)202-M/1/2020/55
ޕަބްލިޝްކުރި ތާރީޚް: 28 ޖުލައި 2020
ޕަބްލިޝްކުރި ގަޑި: 15:07
ސުންގަޑި: 31 އޮގަސްޓް 2020 00:00
މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
ކަނޑުގައި ދުއްވާ ލޯކަލް އުޅަނދުފަަހަރުގެ ސަލާމަތީ ސެޓްފިކެޓް އަދި ލައިސަންސްގެ މުއްދަތު އިތުރުކޮށްދިނުން

އިޢުލާން

ކަނޑުގައި ދުއްވާ ލޯކަލް އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓް އަދި ލައިސަންސްގެ މުއްދަތު އިތުރުކޮށްދިނުން  

                     ދިވެހި ރާއްޖޭގައި ކޮވިޑު-19 ފެތުރުން ކޮންޓުރޯކޮށް އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ޢާއްމު ސިއްޙަތު ރައްކާތެރި ކުރުމުގެ ގާނޫނު ގެ ދަށުން އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު 12 މާރިޗު 2020 ގައި، މިނިސްޓަރ އޮފް ހެލްތު އިޢުލާން ކޮށްފައިވާތީ މިއޮތޯރިޓީނ ކޮށްފައިވާ ނަންބަރު  (IUL)202-M/1/2020/42 (30 މާރިޗު 2020) ގެ މުއްދަތު 31 އޯގަސްޓް 2020 ގެ ނިޔަލަށް އިތުރު ކޮށްދީފީމެވެ.  

                     01 މާރިޗު 2020 ވަނަ ދުވަހުން ފެށިގެން މުއްދަތު ހަމަވާ ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ސެޓްފިކެޓްތަކުގެ މުއްދަތު 31 އޯގަސްޓް 2020 ގެ ނިޔަލަށް އިތުރު ކޮށްދީފީމެވެ. މި ގޮތަށް ސެޓްފިކެޓްތަކުގެ މުއްދަތު އިތުރުކޮށް ދިންކަމުގައި ވީނަމަވެސް އުޅަނދުފަހަރުގައި ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން ހުރުމަށް ލާޒިމްކުރާ ތަކެއްޗާއި ކަންކަން ހަމަޖެއްސުމަށްފަހު އުޅަނދު ފަހަރު އޮޕަރޭޓް ކުރުމަށް އުޅަނދުފަހަރު އޮޕަރޭޓުކުރާ ފަރާތްތަކަށާއި އުޅަނދުފަހަރުގެ ވެރިންނަށާއި އަދި އުޅަނދުފަހަރު ދުއްވާ ކެޕްޓަނުން ޔަގީން ކުރުމަށް ފަހު އުޅަނދު ފަހަރުގެ ދަތުރަށް ފެށުމަށް އިލްތިމާސް ކުރީމެވެ. އަދި 31 އޯގަސްޓް 2020 ކުރިން މުއްދަތު ހަމަވެފައިވާ ސަލާމަތާބެހޭ ސެޓުފިކެޓްތައް އައުކުރުމަށް ހުށަހެޅުއްވުމަށްވެސް ދެންނެވީމެވެ.

                     އަލަށް އުޅަނދެއް ރަޖިސްޓަރީކޮށް 12 މާރިޗު 2020 ގެ ފަހުން 30 ދުވަހުގެ މުއްދަތު ހަމަވެފައިވާ އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓް 31 އޯގަސްޓް 2020 ގެ ކުރިން ސަލާމަތީ ސެޓްފިކެޓް ހެދުމަށް ނުވަތަ އެ އުޅަނދަކީ އޮޕަރޭޓް ނުކުރާ އުޅަނދެއްކަން ބަޔާންކޮށް ރަށްރަށުގެ ރަށުކައުންސިލްތަކުން ނުވަތަ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ލިޔުން ހޯދައިފިނަމަ އެ އުޅަނދެއް ޖޫރިމަނާ ނުކުރާ ގޮތަށްވެސް ކަނޑައަޅައިފީމެވެ.  

                   އަދި ދަންނަވަމަވެ.  ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ލައިސަންސްގެ މުއްދަތު 01 މާރިޗު 2020 ވަނަ ދުވަހުން ފެށިގެން މުއްދަތު ހަމަވެފައިވީނަމަވެސް އެ ލައިސަންސްގެ މުއްދަތު 31 އޯގަސްޓް 2020 ގެ ނިޔަލަށް އިތުރުކޮށްދީފީމެވެ. އަދި 31 އޯގަސްޓް 2020 ކުރިން މުއްދަތު ހަމަވެފައިވާ ލައިސަންސްތައް އައުކުރުމަށް ހުށަހެޅުއްވުމަށްވެސް ދެންނެވީމެވެ.

                        07 ޛުލްހިއްޖާ  1441    

                       28 ޖުލައި     2020   

28 ޖުލައި 2020