ދިވެހިރާއްޖެ
ADDENDUM 1
މޯލްޑިވްސް އިމިގްރޭޝަންގެ އޮފީސް އިމާރާތެއް، ސ.ހިތަދޫ އަދި ހދ.ކުޅުދުއްފުށީގައި ޤާއިމްކުރުމަށްޓަކައި ބޭނުންވާ ކޮންސެޕްޓް ޑިޒައިން އަދި ޑީޓެއިލް ޑިޒައިންކޮށް، ކޮންސަލްޓެންސީ ދެވޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް 3 Storey Immigration Building at S.Hithadhoo and HDh.Kulhudhufushi
|
ޕްރޮޖެކްޓް ނަންބަރ: Project Name: |
PC-942020W-12 |
ޕްރޮޖެކްޓް ނަންބަރ: Project Number: |
26.07.2020 |
ތާރީޚް: Date: |
ބިޑު ހުށަހަޅުއްވާއިރު މި ގަނޑުވެސް ޑޮކިއުމަންޓާއި އެކު ހުށަހަޅުއްވަން ޖެހިވަޑައިގަންނަވާނެއެވެ.
މިއީ، މޯލްޑިވްސް އިމިގްރޭޝަންގެ އޮފީސް އިމާރާތެއް، ސ.ހިތަދޫ އަދި ހދ.ކުޅުދުއްފުށީގައި ޤާއިމްކުރުމަށްޓަކައި ބޭނުންވާ ކޮންސެޕްޓް ޑިޒައިން އަދި ޑީޓެއިލް ޑިޒައިންކޮށް، ކޮންސަލްޓެންސީ ދެވޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު (IUL)94-Q/94/2020/27 އިޢުލާން ގުޅިގެން ޝާއިރު ކޮއްފައިވާ މައުލޫމާތު ކަރުދާހަށް ގެނެވޭ 1 ވަނަ އެޑެންޑަމްއެވެ.
އިސްވެދިޔަ އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އަންނަނިވިފޮތަށްވަނީ އިސްލާހު ކުރެވިފައެވެ.
4. މައުލޫމާތުސާފުކުރުމާއިބިޑުހުށަހެޅުން:
4.3. މިޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށާއި މިޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 12 އޯގަސްޓް 2020 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. އަދި މިމުއްދަތު ހަމަވުމުން އެކިފަރާތްތަކުން ފޮނުވާފައިވާ ސުވާލުތަކަށް އެކުގައި ޖަވާބުދެވޭނެއެވެ.
4.4. ބީލަން ހުށައެޅުން އޮންނާނީ 24 އޯގަސްޓް 2020 ވާ ހޯމަ ދުވަހުގެ 11:00 އަށް މިއޮފީހުގެ އެސްޓޭޓް އެންޑް ޕްރޮކިއުމަންޓް ޔުނިޓް (ހުރަވީ ބިލްޑިންގެ 02 ވަނަ ފަންގިފިލާ) އަށް ވަޑައިގެންނެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައިގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
6. އެޑްވާންސް ފައިސާ ދިނުން:
6.1. މިމަސައްކަތަށް އެޑްވާންސް ފައިސާ ދޭގޮތަށް ހަމަޖެހިފައިއެއްނެތެވެ.
7. ބިޑު ސެކިއުރިޓީ އަދި ޕާރފޯމަންސް ގެރެންޓީ
7.1. މިމަސައްކަތަށް ބިޑު ސެކިއުރިޓީ އަދި ޕާރފޯމަންސް ގެރެންޓީ ހުށައަޅާކަށް ނުޖެހޭނެއެވެ.
8. ރިޓެންޝަން ފައިސާ:
8.1. މިމަސައްކަތަށް ރިޓެންޝަން ފައިސާ ނުކެނޑޭނެއެވެ.
10. އަލުން އިޢުލާން ކުރުން:
10.1. މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފުރަތަމަ ފަހަރަށް ކުރާ އިޢުލާނާއި ގުޅިގެން ބީލަން ހުށައަޅާފައިވަނީ އެންމެ ފަރާތަކުން ކަމުގައި ވިޔަސް، އެބީލަމަކީ ޝަރުތު ފުރިހަމަވާ އަދި އެ ބީލަމުގައިވާ އަގަކީ އެކަށީގެންވާ އަގެއްކަމުގައިވާ ނަމަ، އެ ފަރާތަކަށް އެ ކަމެއް ހަވާލުކުރެވިދާނެއެވެ.
10.2. ފުރަތަމަ އިޢުލާނާއި ގުޅިގެން ހުށައަޅާ ބީލަމުގެ ޝަރުތު ފުރިހަމަނުވާ ނުވަތަ އެކަށީގެންވާ އަގެއް ހުށައަޅާފައި ނުވާނަމަ، ދެވަނަ ފަހަރަށް އިޢުލާން ކުރެވޭނެއެވެ. މިގޮތުން، ދެވަނަ ފަހަރަށް އިޢުލާން ކުރުމުން އެއްވެސް ފަރާތަކުން ބީލަން ހުށައަޅާފައި ނުވާނަމަ، ނުވަތަ ޝަރުތުތައް ފުރިހަމަވާ ބީލަމެއް ހުށަހަޅައިފައި ނުވާނަމަ، އެކަމަށް ޝަރުތުހަމަވާ ޤާބިލް ފަރާތަކާ ނުވަތަ ފަރާތްތަކަކާ ވާހަކަދައްކައިގެން އެކަށީގެންވާ އަގެއްގައި އެ ކަމެއް ހަވާލުކުރެވިދާނެއެވެ.