ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)298/298/2020/33
ޕަބްލިޝްކުރި ތާރީޚް: 25 ޖުލައި 2020
ޕަބްލިޝްކުރި ގަޑި: 21:32
ސުންގަޑި:
31 އޮގަސްޓް 2020 00:00
މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އަލިފުށީގައި އުޅޭ ބިދޭސީންގެ ކަންކަން ބެލެހެއްޓުމާ ބެހޭ:
އިޢުލާން
އަލިފުށީގައި އުޅޭ ބިދޭސީންގެ ކަންކަން ބެލެހެއްޓުމާ ބެހޭ:
މިރަށުގައި މިހާރު މަސައްކަތްކުރާ ބިދޭސީންނާއި މަސައްކަތްކުރުމަށް އަންނަ ބިދޭސީންނާ ގުޅޭގޮތުން މި ކައުންސިލުން އަންނަނިވި ފިޔަވަޅުތައް އެޅުމަށް ވަނީ ނިންމާފައެވެ. މިނިންމުންތައް ނިންމާފައިވަނީ 21 ޖުލައި 2020 ގައި ބޭއްވި މިކައުންސިލްގެ 3 ވަނަ ދައުރުގެ 166 ވަނަ ޖަލްސާއިންނެވެ.
(1) ޤަވާއިދާ ޚިލާފަށް އަލިފުށީގައި އުޅޭ ބިދޭސީން، ޤަވާޢިދުގެ ތެރެއަށް ވަނުމުގެ ފުރުޞަތު، 31 އޮކްޓޯބަރ 2020 ގެ ނިޔަލަށް އެ ފަރާތްތަކަށް ދިނުމަށާއި އަދި މިތާރީޚުގެ ފަހުން، ޤަވާއިދާ ހިލާފަށް އަލިފުށީގައި އުޅޭ ބިދޭސީންނާއި މެދު ކައުންސިލުން ފިޔަވަޅު އެޅޭނެއެވެ.
(2) އެއްވެސް ބިދޭސީއަކަށް ރ.އަލިފުއްޓަށް އެރޭނީ އަދި އެއްވެސް ފަރާތަކުން ބިދޭސީއަކު އަލިފުއްޓަށް އެރުވޭނީވެސް ކައުންސިލަށް އެކަން އަންގާ ކައުންސިލްގެ ހުއްދަ ލިޔުމުން ލިބިގެންނެވެ.
(3) މިހާރު އަލިފުށީގައި ތިބި، ބިދޭސީން ކައުންސިލުގައި އޮންނަ ބިދޭސީންގެ ދަފްތަރުގައި 31 އޮގަސްޓް 2020 ގެ ނިޔަލަށް ރަޖިސްޓްރީކުރުމަށާއި އަދި ބިދޭންސީން ގެންގުޅޭ ފަރާތްތަކުންވެސް އެމީހުންގެ ބެލުމުގެ ދަށުގައިވާ ބިދޭސީން މިދަފްތަރުގައި ރަޖިސްޓްރީ ކުރަންވާނެއެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
25 ޖުލައި 2020