ޢާންމު މަޢުލޫމާތު
ނަންބަރު: (IUL) 220-RPR/1/2014/31
ޕަބްލިޝްކުރި ތާރީޚް: 10 އޭޕްރިލް 2014
ޕަބްލިޝްކުރި ގަޑި: 12:19
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
އިންޓްރެސްޓްގެ ގޮތުގައި އާމްދަނީ ލިބޭ ފަރާތްތައް މީރާގައި ރަޖިސްޓަރީ ކުރުން

މި އޮތޯރިޓީން ގަބޫލުކުރާ ބޭންކެއް ނުވަތަ މާލީ އިދާރާއަކުން ލިބޭ އިންޓްރެސްޓް ފިޔަވައި އެހެނިހެން ގޮތްގޮތުން އިންޓްރެސްޓްގެ ގޮތުގައި އާމްދަނީ ހޯދާ ފަރާތްތަކަކީ ވިޔަފާރިކުރާ ފަރާތްތަކެއްގެ ގޮތުގައި ބެލެވޭތީ، އެ ފަރާތަކުން ހިންގާ ހުރިހާ ވިޔަފާރި ހަރަކާތަކުން 12 މަސްދުވަހުގެ މުއްދަތެއްގެ ތެރޭގައި މަހެއްގެ މައްޗަށް އެވްރެޖްކޮށް އެފަރާތަކަށް ލިބޭ ޖުމްލަ އާމްދަނީ -/20,000 (ވިހި ހާސް) ރުފިޔާ އަށްވުރެ އިތުރުވާނަމަ، އެފަދަ ފަރާތްތަކުން ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ ދަށުން ދިވެހިރާއްޖޭގައި ވިޔަފާރި ކުރާ ފަރާތެއްގެ ގޮތުގައި މިއޮތޯރިޓީގައި ރަޖިސްޓަރީކުރަން ޖެހެއެވެ.

ވީމާ، މިފަދަ އާމްދަނީ ލިބޭ ފަރާތްތަކުން 10 ޖޫން 2014 ގެ ކުރިން މިއޮތޯރިޓީގައި ރަޖިސްޓަރީ ކުރުމަށް ދަންނަވަމެވެ. އަދި މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ނުކުރާ ފަރާތްތަކާއި މެދު ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅޭނެ ވާހަކަވެސް ދަންނަވަމެވެ. ރަޖިސްޓަރީ ކުރުމަށް އެދޭ ފޯމް (MIRA 101) މިއޮތޯރިޓީގެ ކައުންޓަރުންނާއި މިއޮތޯރިޓީގެ ވެބްސައިޓް www.mira.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ. އޮންލައިންކޮށް މި ފޯމު ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މި އޮތޯރިޓީގެ ވެބްސައިޓަށް ވަޑައިގެން މިއޮތޯރިޓީގެ އޮންލައިން ޚިދުމަތް MIRAconnect  މެދުވެރިކޮށް ފޯމް ހުށަހެޅޭނެއެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ މިއޮތޯރިޓީގެ ހޮޓްލައިން 1415 އަށް ގުޅުއްވުން އެދެމެވެ.

10 ޖުމާދަލްއާޚިރާ 1435

10 އޭޕްރިލް 2014