ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)170-HR/170/2020/52
ޕަބްލިޝްކުރި ތާރީޚް: 24 ޖުލައި 2020
ޕަބްލިޝްކުރި ގަޑި: 1556
ސުންގަޑި: 31 ޖުލައި 2020 2359
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޕާޓް-ޓައިމް ލެކްޗަރަރ

ވަޒީފާގެ ފުރުޞަތު

 

2020 ވަނަ އަހަރުގެ ދެވަނަ ސެމިސްޓަރުގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ އެކި ކޯސްތަކުގައި ކިޔަވައިދެއްވާނެ ޕާޓް-ޓައިމް ލެކްޗަޗާރުން ބޭނުންވެއެވެ.

 (ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ އެކި ކުއްލިއްޔާ/ސެންޓަރު ތަކުގައި ކިޔަވައިދޭނ މާއްދާތަކުގެ ތެރެއިން ޕާރޓްޓައިމް ލެކްޗަރާރުން އެނގޭނެ ލިސްޓުތައް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައި ވާނެ އެވެ)

 

މަޤާމު:

ޕާޓް-ޓައިމް ލެކްޗަރަރ

މުސާރ:

  1. 50 – 60 މިނެޓުގެ ލެކްޗަރ / ޓިއުޓޯރިއަލް ގަޑިއަކަށް އުޖޫރަ ދެވޭނީ އެބޭފުޅަކު ކިޔަވައިދެއްވާ ލެވަލަށް ތިރީގައި އެވާ ގޮތަށެވެ.

-          ސެޓުފިކެޓު ލެވެލް 5 ސެޓުފިކެޓު ލެވެލް 6 އަށް 225 ރުފިޔާ.

-          ސެޓުފިކެޓު ލެވެލް 7 ސެޓުފިކެޓު ލެވެލް 8 އަށް 275 ރުފިޔާ.

-          ސެޓުފިކެޓު ލެވެލް 9 ސެޓުފިކެޓު ލެވެލް 10 އަށް 500 ރުފިޔާ.

  1. މާރކް ކުރާ ކިލާސް ޓެސްޓު ޕޭޕަރަކަށް -/15 ރުފިޔާ
  2. ފަހު އިމްތިޙާން ކަރުދާސް އަދި އެސައިމަންޓަކަށް -/35 ރުފިޔާ

 

އޮފީސް:

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ

މަޤާމުގެ ޝަރުޠުތައް:

  1. ޑިޕްލޮމާ ކޯހެއް ނަމަ ގުޅޭ ދާއިރާއަކުން އެސޯސިއޭޓް ޑިގްރީ ހާސިލްކޮށްފައިވުން

ނުވަތަ

-ގުޅޭ ދާއިރާއާކުން ޑިޕްލޮމާ ހާސިލްކޮށްފައިވުމާއެކު 2 (ދޭއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

  1. އެސޯސިއޭޓް ޑިގްރީ ކޯހެއް ނަމަ ގުޅޭ ދާއިރާއަކުން ޑިގްރީ ހާސިލްކޮށްފައިވުން

ނުވަތަ

 

-ގުޅޭ ދާއިރާއާކުން އެސޯސިއޭޓް ޑިގްރީ ހާސިލްކޮށްފައިވުމާއެކު 2 (ދޭއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

 

  1. ބެޗްލަރސް ޑިގްރީ ކޯހެއް ނަމަ ގުޅޭ ދާއިރާއަކުން މާސްޓަރސް ޑިގްރީ ހާސިލްކޮށްފައިވުން

ނުވަތަ

-ގުޅޭ ދާއިރާއަކުން ބެޗެލަރސް ޑިގްރީ ހާސިލްކޮށްފައިވުމާއެކު 2 (ދޭއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

  1.  މާސްޓަރސް ކޯހެއް ނަމަ ގުޅޭ ދާއިރާއަކުން ޕީ.އެޗް.ޑީ ހާސިލްކޮށްފައިވުން

ނުވަތަ

-ގުޅޭ ދާއިރާއަކުން  މާސްޓަރސް  ހާސިލްކޮށްފައިވުމާއެކު 2 (ދޭއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

 

މަޤާމުގެ މަސްއޫލިއްޔަތު:

  • ޓޭބަލް ކުރެވޭ ގަޑިއާއި، ބަދަލުގައި ނަގަންޖެހޭ ގަޑިތައް، ވަރކްލޯޑް ޕޮލިސީއާއި އެއްގޮތަށް ނެގުން.
  • ޓިއުޓޯރިއަލް އާއި އަމަލީ ކްލާސްތަކާއި، ޑެމޮންސްޓްރޭޝަންތަކާއި، ވަރކްޝޮޕްތަކާއި، ދަރިވަރުންގެ ފީލްޑް ވިޒިޓްތަކާއި، ކްލިނިކަލް ސެޝަންތައް ހިންގުން.
  • ކިޔަވައިދިނުމަށް ހަމަޖެހިފައިވާ މުޤައްރަރާއި އެއްގޮތަށް، ތަފާތު ފެންވަރުގެ ކޯސްތަކަށް ކިޔަވައިދީ، ކޯސް ނިމުނު ގޮތުގެ މައުލޫމާތު މެނޭޖްމަންޓަށް ދިނުމާއި، އެސައިންމެންޓާއި އިމްތިޙާން ކަރުދާސްތައް ހަދައި، މާކްސްތައް ތައްޔާރުކުރުން.
  • ކޮންމެ ދަރިވަރެއްގެ ޕްރޮގްރެސް އާއި ޕަރފޯރމަންސް މޮނިޓަރކޮށް، މެނޭޖްމަންޓަށް މަޢުލޫމާތު ދިނުން.
  • އައު މުޤައްރަރުތައް ފަރުމާކުރުމާއި، ބޭނުންކުރެވޭ މުޤައްރަރުތައް އިޞްލާޙުކުރުން.
  • މާއްދާތަކުގެ އިމްތިހާން ކަރުދާސްތައް ކަނޑައެޅިފައިވާ މުއްދަތުގައި ތައްޔާރުކޮށް އިމްތިހާނު ދިނުމާއި، ކަނޑައެޅިފައިވާ މުއްދަތުގައި ޕޭޕަރުތަށް މާކުކޮށް ނިންމުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު (ގުޅޭ ދާއިރާއިން)
  • ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  • މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީ އަކުން ނުވަތަ ކޮލެޖަކުން ހަދާފައިވާ ކޯހެއްނަމަ އެކްރިޑިޓް ކޮށްފައިވާ ކޮޕީ)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ވަޒީފާއަށް އެދި ހުށަހަޅާނެ ގޮތް

  • ވަޒީފާއަށް އެދި ހުށަހަޅާނީ ތިރީގައި މި ވާ ލިންކް ބޭނުންކޮށްގެންނެވެ.
  •  http://bit.ly/Partimelecturer
  • އަޕްލޯޑްކުރާ އެންމެހާ ލިޔެކިޔުންތައް ހުންނަންވާނީ ސާފުކޮށް ކިޔަން އެނގޭނެ ފަދަ ގޮތަކަށެވެ.
  • އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.

 

އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚް

  • 31 ޖުލައި 2020 ވަނަ ދުވަހުގެ 23:59 އަށް

ނޯޓު

  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.

 

އިތުރު މަޢުލޫމާތު:

  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 9534420،3022116  ނަންބަރު ފޯނާއެވެ.
  • ޕާޓް-ޓައިމް ލެކްޗަރަރުން ވަޒީފާއަށް ހޮވޭ ދުވަހުން ފެށިގެން މަސައްކަތުގެ ފެންވަރު ބެލެމުން ދާނެއެވެ. އަދި އެދެވޭ ގޮތުގައި މަސައްކަތް ކުރިއަށް ނުގެންދެވޭނަމަ، ވަޒީފާއިން ވަކި ކުރުމުގެ އިޚްތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.

 

2020-07-24