ދެންނެވުން
ނަންބަރު: (IUL)384-A/2020 /39
ޕަބްލިޝްކުރި ތާރީޚް: 24 ޖުލައި 2020
ޕަބްލިޝްކުރި ގަޑި: 15:38
ސުންގަޑި: 31 ޖުލައި 2020 00:00
ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޖުލައި މަހު ރައްޔިތުންނަށް ހުޅުވާލައިގެން ބާއްވާ ބައްދަލުވުމުގެ ދަޢުވަތު

              ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު (2010/7) ގެ 110 ވަނަ މާދާގެ ދަށުން ކޮންމެ އަހަރަކު ޖުލައިމަހު ރަށުކައުންސިލްތަކުން އެރަށެއްގެ ރައްޔިތުންނަށް ޢާންމުކޮށް ހުޅުވާލައިގެން ބާއްވާ ބައްދަލުވުން، ތ.މަޑިފުށީ ކައުންސިލްގެ ފަރާތުން 31 ޖުލައި 2020 ވާ ހުކުރުދުވަހުގެ ރޭ 8:30 ގައި ތ. މަޑިފުށީ އިޖްތިމާއީ މަރުކަޒުގެ އެތެރޭ ހޯލުގައި އޮންނާނެއެވެ. މިބައްދަލުވުމުގައި 2021 ވަނައަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓް ހުށައަޅައި ހިޔާލު ހޯދޭނެއެވެ.

              ވީމާ، މި ބައްދަލުވުމުގައި ބައިވެރިވުމަށް ތ.މަޑިފުށީގެ ލޮބުވެތި ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.

24 ޖުލައި 2020