ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)471-CIDS1/471/2020/24
ޕަބްލިޝްކުރި ތާރީޚް: 23 ޖުލައި 2020
ޕަބްލިޝްކުރި ގަޑި: 23:20
ސުންގަޑި: 31 އޮގަސްޓް 2020 00:00
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ކޮވިޑް-19 އާއި ގުޅިގެން ޢިމާރާތް ކުރުމުގެ ދާއިރާގައި ފަންނުވެރިންގެ ގަވާއިދުގެ ދަށުން ލުއި ދިނުން

ދިވެހިރާއްޖޭގައި އިޢުލާނުކޮށްފައިވާ އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން ގަވާއިދު ނަންބަރު I 2019/R-1019 ޢިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ ގަވާއިދުގެ 1-33 އަދި 2-33 ވަނަ މާއްދާގެ ދަށުން ތިރީގައިވާ ލުއިތައް ދިނުމަށް މިނިސްޓަރު ކަނޑައަޅުއްވާފައިވާތީ އެކަން ޢާންމުކޮށް އަންގާ އިޢުލާނުކުރީމެވެ

  1. އަލަށް ރަޖިސްޓަރީވާން އެދޭ ފަރާތްތަކަށް ތިރީގައިވާ ލުއިތައް ދިނުން:

  • ލައިސަންސްޑް އާކިޓެކްޓް އާއި ލައިސަންސްޑް އިންޖިނިއަރ އާއި އާކިޓެކްޗުރަލް ޗެކަރ އަދި ސްޓްރަކްޗުރަލް ޗެކަރ ކެޓަގަރީތަކުގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާއިރު މަސައްކަތު ތަޖުރިބާގެ ގޮތުގައި ހުށަހަޅާފައިވާ ޕްރޮޖެކްޓްތަކުގެ ކުރެހުން ފާސްވެފައިވާ ކުރެހުމެއްކަން ކަށަވަރުކުރުމަށްޓަކައި ހުއްދަ ދޫކުރާ އިދާރާއަށް ޞައްޙަކަން ކަށަވަރުނުކޮށް ހުއްދައަށް އެދި ހުށަހަޅާ ފަރާތުގެ އެހެން ކަންކަން ފުރިހަމަވެފައިވާނަމަ 3 (ތިނެއް) މަސްދުވަހުގެ ވަގުތީ ހުއްދަ އެއް ދިނުން.

  2. މާލެ ފުރަބަންދުކޮށްފައިވާ މުއްދަތުގައި ހުއްދައިގެ މުއްދަތު ހަމަވި ފަރާތްތަކަށް ލުއިތައް ދިނުން:

  • ލައިސަންސްޑް އާކިޓެކްޓް އާއި ލައިސަންސްޑް އިންޖިނިއަރ އާއި އާކިޓެކްޗުރަލް ޗެކަރ އަދި ސްޓްރަކްޗުރަލް ޗެކަރ ކެޓަގަރީތަކުގެ ތެރެއިން ފުރަބަންދު ފެށުނު ތާރީޚު (15 އޭޕްރީލު 2020) ވަނަ ދުވަހާއި މި އިޢުލާނު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާޢިއުކުރާ ދުވަހުގެ ނިޔަލަށް ހުއްދައިގެ މުއްދަތު ހަމަވި ފަރާތްތަކުގެ ހުއްދައިގެ މުއްދަތު 14 އޮގަސްޓު 2020 ގެ ނިޔަލަށް އިތުރުކޮށްދިނުން.
  • މިފަރާތްތަކުގެ ހުއްދައިގެ މުއްދަތު އިތުރުކުރުމާގުޅިގެން މި ފަރާތްތަކުން ސޮއިކޮށްފައިވާ އަދި ސްޓޭމްޕް ޖަހާފައިވާ ކުރެހުންތަކާއި ލިޔެކިއުންތައް 14 އޮގަސްޓް 2020 ގެ ނިޔަލަށް ޞައްޙަ ލިޔެކިއުންތަކެއްގެ ގޮތުގައި ބެލުން.

  3. އިޢުލާނުކުރާ ތާރީޚުން ފެށިގެން ހުއްދަ އައުކުރަން ހުށަހަޅާ ފަރާތްތަކާއި އިޢުލާނުކުރިއިރު ހުއްދަ އައުކުރަން ހުށަހާޅާ ފަރާތްތަކުގެ ތެރެއިން 33-1 ވަނަ މާއްދާގެ ދަށުން ހުއްދަ އައުކުރުން:

  • ލައިސަންސްޑް އާކިޓެކްޓް އާއި ލައިސަންސްޑް އިންޖިނިއަރ އާއި އާކިޓެކްޗުރަލް ޗެކަރ އަދި ސްޓްރަކްޗުރަލް ޗެކަރ ކެޓަގަރީތަކުގެ ތެރެއިން ޢާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތާއި ގުޅިގެން ދޭ ލުއިފަސޭހަތައް މިނިސްޓްރީން އިޢުލާނުކުރާ ތާރީޚުން ފެށިގެން ހުއްދައަށް އައުކުރުމަށް އެދި ހުށަހަޅާ ފަރާތްތަކާއި އިޢުލާނުކުރި އިރު ހުއްދަ އައުކުރުމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ހުއްދަ އައުކުރުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ޕްރޮޖެކްޓްތައް ގަވާއިދުގައިވާ ގޮތުގެ މަތިން ފާސްވެފައިވާ ކުރެހުމެއްކަން ކަށަވަރުކުރުމަށްޓަކައި ހުއްދަ ދޫކުރާ އިދާރާއިން ޞައްޙަކަން ކަށަވަރުނުކޮށް ހުއްދައަށް އެދި ހުށަހަޅާ ފަރާތުގެ އެހެން ކަންކަން ފުރިހަމަ ވެފައިވާނަމަ 3 (ތިނެއް) މަސްދުވަހުގެ ވަގުތީ ހުއްދައެއް ދިނުން.

މި ލުއިތައް ދެވޭނެ ޙާލަތްތަކާއި ގުޅޭ އިތުރު ތަފްޞީލު ޢިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ ގަވާއިދުގެ 1 ވަނަ އިޞްލާޙު (https://www.gazette.gov.mv/gazette/download/5793) ގައި ބަޔާންކޮށްފައިވާނެ ވާހަކަވެސް ދަންނަވަމެވެ.

 

2 ޛުލްޙިއްޖާ 1441 ހ.

 
23 ޖުލައި 2020