މަސައްކަތް
ނަންބަރު: (IUL)94-Q/94/2020/30
ޕަބްލިޝްކުރި ތާރީޚް: 23 ޖުލައި 2020
ޕަބްލިޝްކުރި ގަޑި: 22:59
ސުންގަޑި:
12 އޮގަސްޓް 2020 12:00
މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މޯލްޑިވްސް އިމިގްރޭޝަންގެ ފަރާތުން ފޯރުކޮށްދެމުންގެންދާ " ޕާސްޕޯޓު ޕޯސްޓު-އެޕްލިކޭޝަން ޕްރޮސެސިންގ" (ދިވެހި ޕާސްޕޯރޓްގެ ޚިދުމަތަށް އެދޭ އެޕްލިކޭޝަންފޯރމު ބަލައިގަތުމުގެ ޚިދުމަތް) މާލެ ސިޓީއިން ފޯރުކޮއްދޭނެ ފަރާތެއް ހޯދުމަށްކުރި ނަންބަރ: (IUL)94-Q/1/2020/23 އިޢުލާނާއި ގުޅިގެން މަޢުލޫމާތު ފުރިހަމަ ނުވާތީ މިއިޢުލާނު ބާޠިލުކޮށް، އަލުން މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ
ޕްރޮޖެކްޓް ނަންބަރު: PC-942020W-21
- މޯލްޑިވްސް އިމިގްރޭޝަންގެ ފަރާތުން ފޯރުކޮށްދެމުންގެންދާ " ޕާސްޕޯޓު ޕޯސްޓު-އެޕްލިކޭޝަން ޕްރޮސެސިންގ" (ދިވެހި ޕާސްޕޯރޓްގެ ޚިދުމަތަށް އެދޭ އެޕްލިކޭޝަންފޯރމު ބަލައިގަތުމުގެ ޚިދުމަތް) މާލެ ސިޓީއިން ފޯރުކޮއްދޭނެ ފަރާތެއް ހޯދުމަށްކުރި ނަންބަރ: (IUL)94-Q/1/2020/23 އިޢުލާނާއި ގުޅިގެން މަޢުލޫމާތު ފުރިހަމަ ނުވާތީ މިއިޢުލާނު ބާޠިލުކޮށް، އަލުން މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރަމެވެ.
- މިމަސައްކަތާއި ގުޅޭ ލިޔެކިޔުންތައް މިއޮފީހުގެ ވެބްސައިޓް: www.immigration.gov.mv އިން 23 ޖުލައި 2020 ފެށިގެން ލިބެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
- މިޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށާއި މިޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 12 އޯގަސްޓް 2020 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. އަދި މިމުއްދަތު ހަމަވުމުން އެކިފަރާތްތަކުން ފޮނުވާފައިވާ ސުވާލުތަކަށް އެކުގައި ޖަވާބުދެވޭނެއެވެ.
- ބީލަން ހުށައެޅުން އޮންނާނީ 19 އޯގަސްޓް 2020 ވާ ބުދަ ދުވަހުގެ 13:00 އަށް މިއޮފީހުގެ އެސްޓޭޓް އެންޑް ޕްރޮކިއުމަންޓް ޔުނިޓް (ހުރަވީ ބިލްޑިންގެ 02 ވަނަ ފަންގިފިލާ) އަށް ވަޑައިގެންނެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލާންތައް ހުންނަންވާނީ ސިޓީއުރައިގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
އެސްޓޭޓް އެންޑް ޕްރޮކިއުމަންޓް ޔުނިޓް،
މޯލްޑިވްސް އިމިގްރޭޝަން،
ހުރަވީ ބިލްޑިންގް، 2 ވަނަ ފަންގިފިލާ،
އަމީރު އަހުމަދު މަގު، މާލެ، ދިވެހިރާއްޖެ.
ފޯން : +960 3330436, +960 3330465
އީމެއިލް : [email protected]
ކޮޕީ : [email protected]
23 ޖުލައި 2020