މަސައްކަތް
ނަންބަރު: (IUL)236-IED/236/2020/5
ޕަބްލިޝްކުރި ތާރީޚް: 23 ޖުލައި 2020
ޕަބްލިޝްކުރި ގަޑި: 22:29
ސުންގަޑި: 11 އޮގަސްޓް 2020 13:00
މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުލަކަތޮޅު ބައެއްރަށްރަށުގެ ލޭންޑް-ޔޫސް ޕްލޭން ތައްޔާރުކުރާނެ ފަރާތެއް ހޯދުން.

މިއަތޮޅުގެ މަޑުއްވަރި ، ވޭވަށް، މުލައް، ނާލާފުށީގެ ލޭންޑް ޔޫސް ޕްލޭން ތައްޔާރުކުރުމާއި، މުލީގެ ލޭންޑް ޔޫސް ޕްލޭންނަށް ބަދަލުގެނައުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2020 އޯގަސްޓް 04 އިން 2020 އޯގަސްޓް 06 ވަނަ ދުވަހުގެ 11:00 އަށް ރަޖިސްޓްރީވުމަށް 9823186 ނަންބަރ ފޯނާ ގުޅުއްވައިގެން ނަންނޯޓްކުރެއްވުން އެދެމެވެ. ނަންނޯޓު ކުރައްވާ ފަރާތްތަކަށް ބިޑް ޑޮކިއުމަންޓް ލިބޭނެ އިންތިޒާމް ހަމަޖައްސައިދެވޭނެއެވެ.

މި މަސައްކަތާއިގުޅޭ އެންމެހާ ލިޔުންތައް 2020 އޯގަސްޓް 06 އިން ފެށިގެން މިއިދާރާގެ ވެބްސައިޓް meem.gov.mv އިން ޑައުންލޯޑް ކުރެވެންހުންނާނެއެވެ. އަދި ބީލަމާގުޅިގެން ދޫކުރެވޭ އެންމެ ފަހުގެ މަޢުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ. މި މަސައްކަތަށް ބިޑް ސެކިއުރިޓީއެއްގެ ގޮތުގައި ހުށަހަޅާ އަގުގެ %1 (ބޭންކް ނުވަތަ ފައިނޭންޝަލް އިންސްޓިޓިއުޓްގެ ގެރެންޓީ ލެޓަރ) ހުށަހަޅަންވާނެއެވެ. ބިޑްސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުންފެށިގެން 120 ދުވަހެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2020 އޯގަސްޓް 11 ވަނަ ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް  ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2020 އޯގަސްޓް 31 ވަނަ ދުވަހުގެ 13:00 އަށް މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

23 ޖުލައި 2020