މަސައްކަތް
ނަންބަރު: (IUL)AAAH-A-AD/AAAH/2020/11
ޕަބްލިޝްކުރި ތާރީޚް: 22 ޖުލައި 2020
ޕަބްލިޝްކުރި ގަޑި: 14:28
ސުންގަޑި: 16 އޮގަސްޓް 2020 10:00
އަރިއަތޮޅު އުތުރުބުރީ އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
އއ.ބޮޑުފޮޅުދޫ ޞިއްޚީމަރުކަޒުން ލެބޯތްރީ ޓެސްޓް ހެދުމަށް ބޭނުންވާ ސާމްޕަލްތައް އއ.މަތިވެރީ ޞިއްޚީ މަރުކަޒަށް ގެނދިއުމާއި ބެހޭ

މި އިޢުލާންވަނީ 22 ޖުލައި 2020 14:34 ގައި ބާތިލް ކުރެވިފައެވެ.


މި އަތޮޅު ފެރިދޫ ޞިއްޚީމަރުކަޒުން ލެބޯޓަރީ ޓެސްޓްތައް ހެދުމަށް ބޭނުންވާ ސާމްޕަލްތައް އއ.މަތިވެރީ ޞިއްޚީމަރުކަޒަށް ގެނައުމާއި އަނބުރާ ގެންދިއުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން:

 

             އއ. ފެރިދޫ ޞިއްޚީމަރުކަޒުން ލެބޯޓްރީ ޓެސްޓް ހެދުމަށް ބޭނުންވާ ސާމްޕަލްތައް އއ.މަތިވެރީ ޞިއްޚީމަރުކަޒަށް ގެނައުމާއި އަނބުރާ ގެންދިއުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ކޮންޓްރެކްޓް އުސޫލުން 6 (ހައެއް) މަސް ދުވަހުގެ މުއްދަތަށް ހޯދަން ބޭނުންވެއެވެ.

 

            ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާރީޚުތަކުގައި އއ.ފެރިދޫ ޞިއްޚީމަރުކަޒަށް ނުވަތަ އއ.މަތިވެރީ ޞިއްޚީމަރުކަޒަށް ވަޑައިގެން ނަންނޯޓް ކުރުމާއި، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

 

ނަންނޯޓް ކުރެއްވުން

23 ޖުލައި  2020 ވާ ބުރާސްފަތި ދުވަހުން ފެށިގެން 12 އޮގަސްޓް 2020 ވާ އާދިއްތަ ދުވަހުގެ ނިޔަލަށް ހެނދުނު 10:00 ން 11:00 އާއި ދެމެދު ރަސްމީ ދުވަސްތަކުގައި

މަޢުލޫމާތު ދިނުން

16 އޮގަސްޓް 2020 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 

އަންދާސީ ހިސާބު ހުށައެޅުން

19 އޮގަސްޓް 2020 ވާ ބުދަ ދުވަހުގެ ހެނދުނު  10:00

 

         މި އިޢުލާނާއި ގުޅިގެން ނަންނޯޓް ނުކުރާ ފަރާތްތަކަށް މަޢުލޫމާތު ދިނުމާއި، އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުސަތު ނުދެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6660645 ނުވަތަ 6660809 އަށް ގުޅުއްވުން އެދެމެވެ.

22 ޖުލައި 2020