ދިވެހިރާއްޖެ
އިޢުލާން ނަންބަރު: IUL)438-MCEP/438/2020/132)
ޕްރޮޖެކްޓް ނަންބަރު: MV-MEE-181012-CS-CQS
މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް
ޝައުގުވެރިކަން ފާޅުކުރުމުގެ ދަޢުވަތު
ރ.ވަންދޫ ފަޔަރ ޕްރޮޓެކްޝަން ސިސްޓަމްގެ ޑީޓެއިލްޑް ޑިޒައިން ހެދުމާއި، ސުޕަވިޝަން ކޮންސަލްޓެންސީގެ ޙިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް
ދިވެހިރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ޙައްލު ހޯދައިދިނުމަށްޓަކައި ވޯރލްޑް ބޭންކުގެ ހިލޭ އެހީގައި މި މިނިސްޓްރީއިން ހިންގާ މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓްގެ ދަށުން، ރ.ވަންދޫ ފަޔަރ ޕްރޮޓެކްޝަން ސިސްޓަމް ގެ ޑީޓެއިލްޑް ޑިޒައިން ހެދުމާއި، ސުޕަވިޝަން ކޮންސަލްޓެންސީ ގެ ޚިދުމަތްދޭނެ ކޮންސަލްޓެންޓެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިމަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.
މިމަސައްކަތުގެ ޓަރމްސް އޮފް ރިފަރަންސް (ޓީ. އޯ. އާރް) ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރެވިފައިވާނެއެވެ. އަދި މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ޓީ. އޯ. އާރް ގައި ބަޔާންކުރެވިފައިވާނެއެވެ.
މި މަސައްކަތަށް ކުރިމަތިލުމަށް ހުށަހަޅަން ޖެހޭ ލިއެކިއުންތައް:
- ސިޓީ (އެކްސްޕްރެޝަން އޮފް އިންޓަރެސްޓް)
- މި މަސައްކަތަށް ޝައުގުވެރިވާ ފަރާތުގެ ކުންފުނީގެ ޕްރޮފައިލް (މިދާއިރާގައި ކުރީގައި ކޮށްފައިވާ މަސައްކަތްތަކުގެ ތަފްޞީލު ރަނގަޅަށް އެނގޭނެހެން ލިޔެފައި ހުންނަންވާނެއެވެ.)
- ކުރީގައި މިފަދަ ޚިދުމަތްތައް ފޯރުކޮށްދީފައިވާ ތަންތަނުން ދީފައިވާ ތަޖުރިބާގެ ލިއުންތައް
- ޓީމްގައި ހިމެނޭ މެމްބަރުންގެ ވަނަވަރާއި ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި (ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ އެޓެސްޓް ކޮށްފައި ހުންނަންޖެހޭނީ ސެޓްފިކެޓްގެ އެކްރެޑިޓް ކޮށްފައިވާ އަސްލުގެ ކޮޕީ އެއްގައެވެ.)
މި މަސައްކަތާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 06 އޯގަސްޓް 2020 ވާ ބުދަ ދުވަހުގެ 13:00 ކުރިން ތިރީގައިވާ އެޑްރެހަށް އީ-މެއިލް ކުރަންވާނެއެވެ.
ވީމާ މިކަމަށް ޝަޢުޤުވެރިވާ، ޝަރުޠުހަމަވާ ފަރާތްތަކުން 12 އޯގަސްޓް 2020 ވާ ބުދަ ދުވަހުގެ 13:00 ކުރިން ތިރީގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހެޅުއްވުންއެދެމެވެ.
އިތުރު މަޢުލޫމާތު ހޯދުމަށް:
ޕްރޮޖެކްޓް މެނޭޖަރ
މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ހަނދުވަރީ ހިނގުން، މާފަންނު
މާލެ، ދިވެހިރާއްޖެ.
ނަންބަރު: 301844 960+, 3018451 960+