ދިވެހިރާއްޖެ
އަލަށް ގޯތި ދީފައިވާ ސަރަހައްދުގެ މަގުން ކަނޑާފައިވާ 1 މިދިލި ގަހާއި 3 ރުކުގެ ނީލަން ކިއުން 23 ޖުލައި 2020 ދުވަހުގެ ހެނދުނު 10.00 ގައި އެރުއްގަސް ދޮށުގައި އޮންނާނެއެވެ.
މިނީލަމުގައި ވާހައި ގިނަ ފަރާތްތަކަކުން ބައިވެރިވެ ވަޑައިގެން ދެއްވުމަކީ މިއިދާރާގެ އެދުމެކެވެ.
ނީލަމުން ނަންގަވާ ރުއްގަހުގެ އަގު ވަގުތުން އަދާ ކުރައްވަން ޖެހޭނެއެވެ. ވަގުތުން އަގު އަދާ ނުކުރައްވާ ނީލަންތައް ކެންސަލްކޮށް އަލުން ނީލަން ކިޔޭނެއެވެ. ނީލަމަށް ވަޑައިގަންނަވާ ފަރާތްތަކުން ވަޑައިގަންނަވާނީ ފެންޕުލާންޓް ކައިރިއަށެވެ.
ނީލަމުން ނަންގަވާ ރުއްގަސް 02 ދުވަހުގެ ތެރޭގައި ގެންދަވަން ވާނެއެވެ. 02 ދުވަހުގެ ތެރޭގައި ނުގެންދަވާ ރުއްގަސް ބޭނުންނެތީކަމުގައި ބަލައި، އުކައިލުން ނުވަތަ ބޭނުންވާ ފަރާތްތަކަށް ދޫކޮށްލުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.