ދިވެހިރާއްޖެ
މުލަކަތޮޅު ނާލާފުށީ ކައުންސިލްގެ އިދާރާ
މ.ނާލާފުށި / ދިވެހިރާއްޖެ ނަންބަރ: (IUL)366/2020/32
އިޢުލާނު
އަންދާސީ ހިސާބު ހޯދުމަށް ބޭނުންވެއްޖެ
މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން މިރަށުގައި ޤާއިމު ކުރުމަށް ހަމަޖައްސަވާފައިވާ އައުޓްޑޯ ޖިމްގެ ގްރައުންޑް ވޯރކްސްއާއި ސިސްޓަމްތައް އިންސްޓޯލް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މި މަސައްކަތްކޮށް ދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ ތިރީގައި މިދަންނަވާ ގަޑިތަކުގައި މިއިދާރާގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ ލިޔުމަކުން އެކަން މިއިދާރާއަށް އަންގަންވާނެއެވެ. މަޢުލޫމާތު ސާފު ކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަވެސް މަޢުލޫމާތައްޓަކައި ދެންނެވީމެވެ.
ތަން |
ތަފްޞީލް |
ތާރީޚް |
ދުވަސް |
ގަޑި |
މުލަކަތޮޅު ނާލާފުށީ ކައުންސިލްގެ އިދާރާ |
މަޢުލޫމާތު ދިނުން |
06 އޯގަސްޓް 2020 |
ބުރާސްފަތި |
11:00 |
ބީލަން ހުށަހެޅުން |
12 އޯގަސްޓް 2020 |
ބުދަ |
11:00 |
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
30 ޒުލްޤަޢިދާ 1441
21 ޖުލައި 2020
ޙަސަން ޢަބްދުއްރަޙްމާން
ކައުންސިލްގެ ރައީސް