ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)226-E/PRIV/2020/13
ޕަބްލިޝްކުރި ތާރީޚް: 21 ޖުލައި 2020
ޕަބްލިޝްކުރި ގަޑި: 08:29
ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ. އަތޮޅު ކައުންސިލުން ދޭ ޓްރާންސްޕޯޓްޚިދުމަތްތައް

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ޚިދުމަތްތަކުގެ ތެރެއިން 04 އޮގަސްޓް 2020 އިން ފެށިގެން މިއިދާރާއިން ދިނުމަށް ހަމަޖެހިފައިވާ ޚިދުމަތްތައް ތިރީގައި ދަންނަވަމެވެ. ޚިދުމަތް ލިބިވަޑައިގަންނަވާނީ ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން 12:00 އަށެވެ.

1-    އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެގުމުގެ ޚިދުމަތްތައް.

2-    އެއްގަމުގައި ދުއްވާ އުޅަނދުފަހަރުގެ ރޯޑްވާދިނަސް ސްޓިކާ ދޫކުރުން.

3-    އެއްގަމުގައި ދުއްވާ އުޅަނދުފަހަރުގެ ރަޖިސްޓްރީއާ ގުޅުން ހުރި ޚިދުމަތްތައް.

4-    ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ރަޖިސްޓްރީއާ ގުޅުން ހުރި ޚިދުމަތްތައް (އަލަށް ހެއްދުން ފިޔަވާ).

5-    ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސް ނެގުމުގެ ޚިދުމަތްތައް.

6-    ޓެކްސީ ދުއްވުމުގެ ހުއްދަ ދޫކުރުން.

7-    ޓެކްސީ ކުރުމުގެ ލައިސަންސް އަދި ސްޓިކާ ދޫކުރުން.

8-    އޮޑީ ނަންބަރު ދޫކުރުން

9-    ޓްރާންސްމިޓީންގ ސްޓޭޝަން ލައިސަންސްގެ އަހަރީ ފީ ބަލައިގަތުން.

  މިގޮތުން ޚިދުމަތް ހޯއްދަވާއިރު ޢާއްމުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިޖްތިމާޢީ ގައިދުރުކުރުމުގެ މިންގަނޑުތައް ހިފެހެއްޓުމާއި، ޢާއްމު ސިއްޚަތު ރައްކާތެރިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ސަމާލުކަން ދެއްވުމަށް ދަންނަވަމެވެ. ކައުންސިލްއިދާރާއަށް ޚިދުމަތް ހޯއްދެވުމަށް ވަދެވޭނީ އިދާރާގެ އެތެރޭގައި 08 މީހުނަށްވުރެ އިތުރުނުވާގޮތަށެވެ. އަދި ޚިދުމަތް ހޯއްދެވުމަށް ވަޑައިގަންނަވާއިރު މާސްކް ބޭނުންކުރެއްވުމަށް ދަންނަވަމެވެ.

30 ޛުލްޤަޢިދާ 1441

21 ޖުލައި 2020 

21 ޖުލައި 2020