މަސައްކަތް
ނަންބަރު: (IUL)23-AP/23/2020/101
ޕަބްލިޝްކުރި ތާރީޚް: 21 ޖުލައި 2020
ޕަބްލިޝްކުރި ގަޑި: 17:20
ސުންގަޑި: 09 އޮގަސްޓް 2020 13:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ރޯޝަނީ ބިލްޑިންގއާއި ހެލްތް ސަޕްލައިޒް ހިނގަމުންދާ އިމާރާތާއި ދަމަނަވެށި ހިނގަމުންދާ އިމާރާތްތަކާއި މޯލްޑިވިއަން ބްލަޑް ސަރވިސަސްގައި ހަރުކޮށްފައިވާ އެއަރ ކޮންޑިޝަންތަކާއި ބެހެއްޓިފައިވާ ރެފްރިޖިރޭޓަރތަކާއި ކޯލްޑްރޫމްތައް މަހަކު އެއްފަހަރު ސަރވިސްކޮށް 1 އަހަރުދުވަހުގެ މުއްދަތަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން 

ރޯޝަނީ ބިލްޑިންގއާއި ހެލްތް ސަޕްލައިޒް ހިނގަމުންދާ އިމާރާތާއި ދަމަނަވެށި ހިނގަމުންދާ އިމާރާތްތަކާއި މޯލްޑިވިއަން ބްލަޑް ސަރވިސަސްގައި ހަރުކޮށްފައިވާ އެއަރ ކޮންޑިޝަންތަކާއި ބެހެއްޓިފައިވާ ރެފްރިޖިރޭޓަރތަކާއި ކޯލްޑްރޫމްތައް މަހަކު އެއްފަހަރު ސަރވިސްކޮށް 1 އަހަރުދުވަހުގެ މުއްދަތަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު:(IUL)23-OAA/23/2020/77 އިޢުލާން ކޮވިޑް19 އާއި ގުޅިގެން ސަރުކާރު އޮފީސްތައް ބަންދުކުރުމާއި ގުޅިގެން އެއް އިޢުލާން ބާތިލްކޮށް މިމަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 22 ޖުލައި 2020 ވާ ބުދަ ދުވަހުން ފެށިގެން 09 އޮގަސްޓް 2020 ވާ އާދިއްތަ ދުވަހުގެ  މެންދުރުފަހު 13:00 ގެ  ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 16 އޯގަސްޓް 2020 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 12 އޮގަސްޓް 2020 ވާ ބުދަ ދުވަހު ހެނދުނުު 09:30 ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.

30 ޛުލްޤައިދާ 1441

21 ޖުލައި 2020