ދިވެހިރާއްޖެ
އިޢުލާން
ޤާނޫނު ނަންބަރު: 93/4 (ދިވެހިރާއްޖޭގެ ތިމާވެށި ޙިމާޔަތްކޮށް ރައްކާތެރިކުރުމާއި ބެހޭ ޤާނޫނު) ގެ ދަށުން 2018 އޮކްޓޫބަރ 07 އިން ފެށިގެން ށ.ފަރުކޮޅަކީ ޙިމާޔަތްކުރެވިފައިވާ ސަރަހައްދެއްކަމަށް މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީއިން ވަނީ ކަނޑައަޅުއްވާފައެވެ. އަދި މިސަރަޙައްދު ބެލެހެއްޓުމުގެ ނިޒާމް އަދި އުޞޫލުތައް ޤާއިމްކުރެވެންދެން ވަޤުތީގޮތުން ށ.ފަރުކޮޅު ބެލެހެއްޓުމުގެ މަސްޢޫލިއްޔަތު ވަނީ މި ކައުންސިލާއި ޙަވާލުކޮށްފައެވެ.
ށ.ފަރުކޮޅުން ވެލިނެގުމާއި، ގަސްގަހާއި ރުއްރުކަށް ގެއްލުންދިނުމާއި އަދި މިނޫންވެސް އެސަރަޙައްދުގައި ކުރުން މަނާކުރެވިފައިވާ ކަންކަން ކުރާކަމުގެ ޝަކުވާ ދަނީ މިކައުންސިލަށް ލިބެމުންނެވެ. އެހެންކަމުން، މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީގެ ނަންބަރ: (IUL)438-ENV/438/2018/262 (07 އޮކްޓޯބަރ 2017) އިޢުލާނުގައި ފާހަގަކުރައްވާފައިވާ ށ.ފަރުކޮޅުގެ ހިމާޔަތްކުރެވިފައިވާ ސަރަޙައްދުތަކުގައި ކުރުން ހުއްދަނޫން އެއްވެސްކަމެއް ނުކުރުމަށާއި، އާއްމު ބޭނުންތަކުގައި އެރަށަށް އަރާނަމަ ށ.ފަރުކޮޅަށް އެރުމާއި އެކަމަށް ހުއްދަ ދިނުމުގައި މިކައުންސިލުން އަމަލުކުރަމުން ގެންދާ ނަންބަރު: (PP)227-PR/227/2018/1 (12 ޑިސެމްބަރ 2018) އުޞޫލުގައި ކަނޑައެޅިފައިވާ ގޮތަށް މިކައުންސިލުގެ ހުއްދަ ހޯދުމަށާއި، އަދި ހުއްދަ ނުހޯދައި ށ.ފަރުކޮޅަށް އެރުމަކީ މަނާކަމެއް ކަމުގައިވެސް ހަނދުމަފުޅުކޮށް އަރުވަމެވެ.
30 ޛުލްޤަޢިދާ 1441
20 ޖުލައި 2020