ދިވެހިރާއްޖެ
ޖުލައިމަހު ރައްޔިތުންނައް ޢާންމުކޮށް ހުޅުވާލެވިގެން ބާއްވާ ބައްދަލުވުން 23 ޖުލައި 2019 ވާ ބުރާސްފަތި ދުވަހުގެރޭ 21:00 ވަންދޫ ކައުންސިލްއިދާރާގެ ހޯލުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިބައްދަލުވުމުގައި ކުރިޔައްއޮތް އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓް ރައްޔިތުންނާއި ހިއްސާކޮށް ހިޔާލްހޯދުމަށް ފުރުސަތު ހުޅުވާލެވިގެންދާނޭކަމުގައި ދަންނަވަމަވެ. މިއިއުލާނާއިއެކު ކައުންސިލްގެ 2021 ވަނަ އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓް އަދި ތަރައްޤީގެ ޕްލޭނަށް ޢަމަލީ ސިފަ އަންނަމުންދާ ގޮތުގެ މައުލޫމާތު އާއްމު ކުރެވިފައިވާނޭކަމުގައި ދެންނެވީމެވެ. ވީމާ، ބަޔާންކުރެވިފައިވާ ބައްދަލުވުމުގައި ވީހާވެސް ގިނަފަރާތްތަކުން ބައިވެރިވުމަކީ މިކައުންސިލްގެ އެދުމެއްކަމުގައި ދެންނެވީމެވެ.
މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ވަންދޫ ކައުންސިލް އިދާރާގެ ނަމްބަރު 7980047 ފޯނާގުޅުއްވުންއެދެމެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށް އިޢުލާނުކުރީމެވެ.