ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)269/269/2020/43
ޕަބްލިޝްކުރި ތާރީޚް: 19 ޖުލައި 2020
ޕަބްލިޝްކުރި ގަޑި: 13:06
ސުންގަޑި: 23 ޖުލައި 2020 14:00
ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވައިކަރަދޫގައި މަސައްކަތްކުރާ ބިދޭސީންގެ ދަފްތަރެއް އެކުލަވާލުމާ ގުޅޭ!

 

އިޢުލާން

 

         ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ރަޖިސްޓްރީއެއް ސަރުކާރުން ބެލެހެއްޓުމަށްޓަކައި، ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެރަށެއްގެ ރަށު ކައުންސިލް ނުވަތަ ސިޓީ ކައުންސިލްގައި "ބިދޭސީން ރަޖިސްޓްރީކުރާ ދަފްތަރެއް" އޮންނަންވާނެ ކަމުގައި ވަޒީފާއަދާ ކުރުމަށް ދިވެހިރާއްޖެއަށް ބިދޭސީން ގެނައުމުގެ ޤަވަޢިދުގެ ނަންބަރު: (24/2011 R-22) ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. ވައިކަރަދޫގައި ލިޔެކިޔުމަކާއި ނުލައި ދިރިއުޅޭ ބިދޭސީން ހޯދުމަށް ކުރިޔަށް ގެންދާ މަސައްކަތުގައި މި ކައުންސިލްގައި ދަފްތަރު ނުކުރާ ގިނަ ޢަދަދެއްގެ ބިދޭސީ މަސައްކަތްތެރިން، ދިރިއުޅެމުންދާކަން ވަނީ ފާހަގަ ކުރެވިފައެވެ. އެހެންކަމުން މި ކައުންސިލްގައި މިހާތަނަށް ދަފްތަރު ކުރެވިފައިނުވާ ބިދޭސީ މަސައްކަތްތެރިން 2020 ޖުލައި 23 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00 ގެ ނިޔަލަށް ދަފްތަރު ކުރުމަށް ޢާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ.  

 

         މި އެންގުމާއި ޚިލާފަށް ވައިކަރަދޫގައި ބިދޭސީ މަސައްކަތްތެރިން ގެންގުޅޭ ވިޔަފާރިތަކާއި، ކުންފުނި، އަމިއްލަ ފަރާތްތައް އަދި ބިދޭސީ މަސައްކަތްތެރިން ދަފްތަރު ކުރުމަކާ ނުލައި ޤަވައިދާ ޚިލާފަށް ގެންގުޅޭ ވެރި ފަރާތްތަކާމެދު ފިޔަވަޅު އެޅޭނެ ކަމުގައި އެންގީމެވެ.

         މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

19 ޖުލައި 2020