ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)474/1/2020/13
ޕަބްލިޝްކުރި ތާރީޚް: 19 ޖުލައި 2020
ޕަބްލިޝްކުރި ގަޑި: 12:43
ސުންގަޑި: 05 އޮގަސްޓް 2020 14:00
މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައެންސް އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
ސައިންސާއި ޓެކްނޯލޮޖީ ދާއިރާގައި އަންހެނުން ކުރިއެރުވުމަށް މަސައްކަތްކުރާ ޤައުމީ ވާރކިން ގްރޫޕްގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލުން.

އިޢުލާން 

ސައިންސާއި ޓެކްނޯލޮޖީ ދާއިރާގައި އަންހެނުން ކުރިއެރުވުމަށް މަސައްކަތްކުރާ ޤައުމީ ވާރކިން ގްރޫޕަށް ތިރީގައި މިވާ ކޮންމެ ދާއިރާއަކަށް އާންމު ރައްޔިތުންގެ ތެރެއިން 1 މެންބަރެއް ނެގުމަށް ހުޅުވާލަމެވެ.  

ދާއިރާތަށް: 

1.ސައިންސްގެ ދާއިރާ 

2.ޓެކްނޯލޮޖީގެ ދާއިރާ 

3.އިންޖިނިއަރިންގ ދާއިރާ  

 

ޝަރުތުތައް: 

1ދިވެހި ރައްޔިތެއްކަމުގައިވުން. 

2ތަމްސީލުކުރާ ދާއިރާއާ ގުޅޭ ދާއިރާއަކުން ފުރަތަމަ ޑިޤްރީ ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާޞިލުކޮށްފައިވުން. 

3ސައިންސާއި ޓެކްނޯލޮޖީ ނުވަތަ އިންޖިނިއަރިން ދާއިރާގައި މަސައްކަތްކޮށް މަދުވެގެން 3 (ތިނެއްއަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. 

4ވޭތުވެ ދިޔަ 2 (ދެއެއްއަހަރުގެ ތެރޭގައި ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން. 

5. ދާއިރާގައި އަންހެނުން ބާރުވެރިކުރުމަށް މަސައްކަތް ކޮށްފައިވާ ނުވަތަ ކުރަމުންދާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. 

 

އިސްވެ ބަޔާންކޮށްފައިވާ ދާއިރާތަކަށް ކުރިމަތިލުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅުއްވާ ސިޓީ، އައިޑީ ކާޑު ކޮޕީ، ސީ.ވީ އަދި އެޓެސްޓް ކުރެވިފައިވާ ތަޢުލީމީ ސެޓިފިކެޓްތަކުގެ ކޮޕީތައް 05 އޮގަސްޓް 2020 ބުދަ ދުވަހުގެ 14:00ގެ ކުރިން މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީ އަށް ހުށައެޅުއްވުން އެދެމެވެއީމެއިލް ކުރައްވާނަމަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. އަދި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3302200 އަށް ގުޅުއްވުން އެދެމެވެ.

19 ޖުލައި 2020