ދިވެހިރާއްޖެ
އިޢުލާން
2020 ވަނަ އަހަރަށް ސްކޫލުގެ ސެކިޔުރިޓީ ބަލަހައްދައިދޭނެ ފަރާތެއް ހޯދުން
2020 ވަނަ އަހަރު މި ސްކޫލްގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ
މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މައުލޫމާތު ސާފުކުރާބައްދަލުވުމަށް ވަޑައިގަންނަވާ އިރު ވިޔަފާރި ހުއްދައިގެ ކޮޕީއާއި އައި.ޑީ ކާޑު ގެންނަންވާނެއެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާރީޚަށް މި ސްކޫލުގެ އޮފީހަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު އޮންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. އަންދާސީހިސާބު ބަލައިގަތުމާއި ކެނޑުން އޮންނާނީ ކަނޑައެޅިފައިވާ ތާރީޚުގައި އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.
މަޢުލޫމާތު ސާފުކުރުމާއި، އަންދާސީހިސާބު ހުށަހެޅުން. |
ތޮއްޑޫ ސްކޫލް އޮފީސް |
ބިޑް ހުށަހެޅުމަށް ރަޖިސްޓްރީވުން |
2020 ޖުލައި 19 އިން 2020 ޖުލައި 22 ގެ ނިޔަލަށް |
މަޢުލޫމާތު ސާފުކުރުން. |
2020 ޖުލައި 23 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި |
އަންދާސީހިސާބު ހުށަހެޅުމާއި، އަންދާސީހިސާބު ކެނޑުން. |
2020 އޮގަސްޓް 04 ވާ އަންގާރަ ދުވަހުގެ 11:00 ގައި |
މަޢުލޫމާތު ސާފުކުރުމަށް ޙާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި، ގަޑިޖެހިގެން ގެންނަ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ. ސްކޫލަށް ގުޅައިގެންނާއި މެއިލް މެދުވެރިކޮށްވެސް ބިޑްގައި ރަޖިސްޓްރީ ވުމުގެ ފުރުސަތި އޮންނާނެއެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ ސިޓީއެއް ދެއްވާފައި ފޮނުއްވުމަށް ދަންނަވަމެވެ.
ވީމާ. މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިސްކޫލްގެ ނަންބަރު: 6660819 އާއި ގުޅުއްވުން އެދެމެވެ.
28 ޛުލްޤައިދާ 1441
19 ޖުލައި 2020