ދިވެހިރާއްޖެ
އިޢުލާން
"މަހާ ޖައްރާފު"ގެ މުވައްޒަފުން ހޯދުމަށް ހުޅުވާލުން:
މިކުންފުނީގެ "މަހާ ޖައްރާފު" ގެ ތިރީގައި މިދަންނަވާ މަޤާމަށް، ކޮންޓްރެކްޓް ޢުސޫލުން މަސައްކަތްކުރާނެ މުވައްޒަފެއް ބޭނުންވެއެވެ.
# |
މަޤާމް |
އަސާސީ ޝަރުތު |
މުސާރަ (ރުފިޔާ) |
1 |
ސެކަންޑް އޮފިސަރ |
އެސް.ޓީ.ސީ މިންގަނޑަށްފެތޭ ކޮމްޕީޓެންސީ ލައިސެންސް ލިބިފައިވުން.
|
49،850.00 |
އެހެނިހެން ޝަރުތު:
އުމުރުން 55 އަހަރަށްވުރެ މަތީފަރާތަކަށް ނުވުން.
މަސައްކަތަށް ޝައުގުވެރި، ހީވާގި ކަމާއެކު މަސައްކަތްކުރާ ސިއްހަތު ރަގަޅު މީހަކު ކަމުގައިވުން.
ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް
ޑިވިޜަން: ލޮޖިސްޓިކަލް އޮޕަރޭޝަންސް
މަސައްކަތްކުރަންޖެހޭތަން: މަހާ ޖައްރާފު
އެހެނިހެން އިނާޔަތް: ފުޑް އަދި އެކޮމޮޑޭޝަން
މެޑިކަލް އިންޝޫރަންސް
ވީމާ،މަޤާމުތަކަށް ޝައުގުވެރިވާފަރާތްތަކުން 21 ޖުލައި 2020 ވަނަ ދުވަހުގެ 15:00 ގެ ކުރިން އެމް.ޓީ.ސީ.ސީ ހެޑް އޮފީހަށް "ޖޮބް އެޕްލިކޭޝަން ފޯރމް" ފުރިހަމަކުރެއްވުމަށްފަހު، ފޯރމާއިއެކު ލިބިވަޑައިގެންފައިވާ ތަޢުލީމީ ސަނަދުތަކުގެ އަސްލާއި އެއްގޮތް ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ޕާސްޕޯރޓް ސައިޒްގެ ފޮޓޯއެއް ހުށައެޅުއްވުން އެދެމެވެ. މިތަކެތި އީމެއިލް އިންވެސް ޤަބޫލު ކުރެވޭނެއެވެ. މި ފޯރމް ކުންފުނީގެ ހިއުމަން ރިސޯރސަސް އެންޑް އެޑްމިނިސްޓްރޭޝަން ޑިޕާރޓްމަންޓުން ލިބެން ހުންނާނެއެވެ. އަދި ކުންފުނީގެ ވެބްސައިޓްއިން މި ފޯރމް ޑައުންލޯޑް ކުރެވޭނެއެވެ.
އީމެއިލް: [email protected]
18 ޖުލައި 2020