މަސައްކަތް
ނަންބަރު: (IUL)7-ADMN/1/2020/29
ޕަބްލިޝްކުރި ތާރީޚް: 18 ޖުލައި 2020
ޕަބްލިޝްކުރި ގަޑި: 09:36
ސުންގަޑި: 23 ޖުލައި 2020 13:00
އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
އޮފީސްތެރެ ފޮޅައި ސާފުކުރާނެ ފަރާތެއް ބޭނުންވެއްޖެ

މިއޮފީސް ހިނގަމުންދާ ޣާޒީ ބިލްޑިންގގެ 1 ވަނަ ފަންގިފިލާގެ އިރުމަތީ ބަޔާއި 3 ވަނަ ފަންގިފިލާގައި ހިމެނޭ އެންމެހާ ތަންތަން އެއް އަހަރު ދުވަހުގެ މުއްދަތަށް  ފޮޅައި ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2020 ޖުލައި 23 ވާ ބުރާސްފަތި ދުވަހު 13:00 އަށް މިއޮފީހަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުވުމަށްފަހު، 2020 އޯގަސްޓް 13 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިއޮފީހަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު އޮޅުންފިލުއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ. އަދި އެދުވަހެއްގެ 13:00 ގެ ފަހުން މިކަމާ ގުޅޭ މަޢުލޫމާތު ހޯއްދެވުމަށް ވަޑައިގަންނަވާ ފަރާތްތަކާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތައް ހޯލަށް ނުވެއްދޭނެ ވާހަކަވެސް ދެންނެވީމެވެ.

18 ޖުލައި 2020