ދިވެހިރާއްޖެ
ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު
ގްރީން ކްލައިމެޓް ފަންޑުގެ (ޖީ.ސީ.އެފް.ގެ) ހިލޭ އެހީގެ ދަށުން ހިންގާ މަޝްރޫޢުއަށް " ޑޮކިއުމެންޓްރީ ވިޑިއޯ އެއް ތައްޔާރުކުރާނެ ފަރާތެށް" ހޯދުމާއި ގުޅޭ:
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އާއި ގްރީން ކްލައިމެޓް ފަންޑް ގުޅިގެން ހިންގާ 'ސަޕޯޓިންގ ވަލްނަރަބްލް ކޮމިއުނިޓީސް އިން މޯލްޑިވްސް ޓު މެނޭޖް ކްލައިމެޓް ޗޭންޖް އިންޑިއުސްޑް ވޯޓަރ ޝޯޓޭޖަސް' މަޝްރޫޢުއާ ގުޅޭގޮތުން ޑޮކިއުމެންޓްރީ ވިޑިއޯ އެއް ތައްޔާރުކުރާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މި މަސައްކަތުގެ "ރިކުއެސްޓް ފޯ ޕްރޮޕޯސަލް" އަދި "ޓާރމްސް އޮފް ރިފަރެންސް" މި އިޢުލާނާއި އެއްކަރުދާސް ކުރެވިފައި ހުންނާނެއެވެ. މި ކަމާއި ގުޅޭ ގޮތުން އިތުރު މަޢުލޫމާތު އޮޅުންފިލުވުމަށް [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.
ބިޑް ރަޖިސްޓްރީ ކުރުން
މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގައި ރަޖިސްޓަރީ ކުރައްވަން ވާނެއެވެ. ރަޖިސްޓަރީ ކުރައްވާނީ މިއިޢުލާނާއި އެއްކަރުދާސް ކުރެވިފައި 'ބިޑަރޒް ރެޖިސްޓަރޭސަން ފޯމް' [email protected] އަށް އީ-މެއިލް ކުރައްވައިގެނެވެ. ރަޖިސްޓަރީ ނުކުރައްވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވަޑައިގަތުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓަރީ ކުރެއްވޭނެ އެންމެފަހު ތާރީޚަކީ 23 ޖުލައި 2020 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 އާއި ހަމައަށެވެ.
ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން
ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން (ގްރީން ކްލައިމެޓް ފަންޑުގެ (ޖީ.ސީ.އެފް.ގެ) ހިލޭ އެހީގެ ދަށުން ހިންގާ މަޝްރޫޢުއަށް "ޑޮކިއުމެންޓްރީ ވިޑިއޯ އެއް ތައްޔާރުކުރާނެ ފަރާތެށް" ހޯދުން") ، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު، "ރިކުއެސްޓް ފޯ ޕްރޮޕޯސަލް" ގައި ވާގޮތައް ބީލަން ހުށަހަޅާ އެޑްރެސް ލިޔެވި އަދި ބީލަން ހުށަހަޅާ ކުންފުނީގެ ނަން ސާފުކޮށް ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ 'ބިޑް ވެލިޑިޓީ' މުއްދަތެއްގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ. މިބީލަމުގައި 'އިލެކްޓްރޯނިކް ސަބްމިޝަން' ބަލައެއް ނުގަނެވޭނެއެވެ.
ބީލަން ހުށަހަޅޭނެ ގަޑިއަކީ 06 އޮގަސްޓް 2020 ވާ ބުރާސްފަތި ދުވަހުގެ 11:00 ޖަހާއިރެވެ. ބަލައިގަނެވޭނީ މިގަޑިއަށް ހުށަހަޅާ ބިޑުތަށް އެކަންޏެވެ. ބީލަން ހުޅުވުން އޮންނާނީ 06 އޮގަސްޓް 2020 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ ޖަލްސާކުރާ މާލަމުގަ ހާޒިރުވާން ބޭނުން ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދުކުރެވޭނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރުން
މި ޕްރޮޖެކްޓާއި ބެހޭގޮތުން ސާފްކުރަން ބޭނުންވާ މައުލޫމާތެއް ވާނަމަ، އީ-މެއިލް ކުރައްވާނީ22 ޖުލައި 2020 ވާ ބުދަ ދުވަހުގެ 11:00 އާއި ހަމައަށް، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. ([email protected]).
އީމެއިލް އެޑްރެސް: (ޑިޕާރޓްމެންޓް/ޕްރޮޖެކްޓްގެ)
ޖީ.ސީ.އެފް ޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓް،
ވޯޓަރ އެންޑް ސެނިޓޭޝަން ޑިޕާޓްމަންޓް،
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
މާފަންނު، މާލެ، 20392 ދިވެހިރާއްޖެ.
ފޯން: +(960) 301 8395
ވެބްސައިޓް: http://www.environment.gov.mv
އީ-މެއިލް [email protected]
އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.
ޕްރޮކިއުމަންޓް ސެކްޝަން،
މިނިސްޓްރީ އޮފް އެންވަޔަރަމަންޓް،
ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.
އީމެއިލް: [email protected]
ވެބްސައިޓް: www.environment.gov.mv
(މަޝްރޫޢު ނަން)
އިޢުލާނު ނަންބަރު:
ނޯޓް:
މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްއަށް ލިބިގެންވެއެވެ.