ދިވެހިރާއްޖެ
c
ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް
ގދ. ތިނަދޫ، ދިވެހިރާއްޖެ
ނަންބަރ: (IUL)ASMH-MSSS/ASMH/2020/15
އިޢުލާން
ޑރ. އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ވޯޑް އޭރިޔާގެ ފުރާޅު ބަދަލު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެ:
މިހޮސްޕިޓަލުގެ ވޯޑު އޭރިޔާގެ ފުރާޅު ބަދަލު ކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 19 ޖުލައި 2020 ވާ އާދީއްތަ ދުވަހުން ފެށިގެން 21 ޖުލައި 2020 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ހެނދުނު 9:00 އިން 13:00 އާއި ދޭތެރޭ ރަސްމީދުވަސްތަކުގައި ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އޮފީހަށވަޑައިގެން ރެޖިސްޓަރ ކުރެއްވުންއެދެމެވެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓްކުރެވިފައިވާނެއެވެ. އަދި 22 ޖުލައި 2020 ވާ ބުދަ ދުވަހު ހެނދުނު 9:30 ގައި ޕްރީބިޑް ސެޝަނެއް މިހޮސްޕިޓަލްގައި އޮންނާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 06 އޯގަސްޓް 2020 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި މިހޮސްޕިޓަލްގައެވެ.
މިއިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 22 ޖުލައި 2020 ވާ ބުދަ ދުވަހު ހެނދުނު 9:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަނެވޭނެވާހަކަވެސް ދަންނަވަމެވެ.
25 ޒުލްޤައިދާ 1441
16 ޖުލައި 2020