ދިވެހިރާއްޖެ
c
ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް
ގދ. ތިނަދޫ، ދިވެހިރާއްޖެ
ނަންބަރ: (IUL)ASMH-MSSS/ASMH/2020/16
އިޢުލާން
ޑރ. އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ހަދާ ސީޓީ ސްކޭން އަދި މެމޮގްރަފީ ރޫމަށް ކަރަންޓު ލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއްހޯދަންބޭނުންވެއްޖެ:
މިހޮސްޕިޓަލްގައި ހަދަމުންދާ ސީޓީ އަދި މެމޮގްރަފީ ރޫމަށް އަމިއްލަ ތަކެތީގައި ކަރަންޓް ލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއްހޯދެއްބޭނުންވެއެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 19 ޖުލައި 2020 ވާ އާދީއްތަ ދުވަހުން ފެށިގެން 21 ޖުލައި 2020 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ހެނދުނު 9:00 އިން 13:00 އާއި ދޭތެރޭ ރަސްމީދުވަސްތަކުގައި ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އޮފީހަށވަޑައިގެން ރެޖިސްޓަރ ކުރެއްވުންއެދެމެވެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓްކުރެވިފައިވާނެއެވެ. އަދި 22 ޖުލައި 2020 ވާ ބުދަ ދުވަހު ހެނދުނު 10:30 ގައި ޕްރީބިޑް ސެޝަނެއް މިހޮސްޕިޓަލްގައި އޮންނާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 06 އޯގަސްޓް 2020 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި މިހޮސްޕިޓަލްގައެވެ.
މިއިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 22 ޖުލައި 2020 ވާ އަންގާރަ ދުވަހު ހެނދުނު 10:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަނެވޭނެވާހަކަވެސް ދަންނަވަމެވެ.
25 ޒުލްޤައިދާ 1441
16 ޖުލައި 2020