ޢާންމު މަޢުލޫމާތު
ނަންބަރު: (IUL ) 425-CB/1/2020/ 65
ޕަބްލިޝްކުރި ތާރީޚް: 16 ޖުލައި 2020
ޕަބްލިޝްކުރި ގަޑި: 13:15
ސުންގަޑި: 15 އޮގަސްޓް 2020 00:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޅުމަތީމަގުގައި ބައު މުދާ ވިއްކަމުންގެންދާ ފަރާތްތަކުން ބޭނުން ކުރަމުންގެންދާ ގޮޅިތައް ހުސްކުރުމާއި ބެހޭ.

މާލޭ ދެކުނު ފަރާތު 356 ނަމްބަރ ކޮށި ( ކުރީގެ 01 ނަމްބަރ ކުނިކޮށި) ހިމެނޭ ސަރަހައްދުގެ ފަޅުމަތީމަގަށް ވާގޮތަށް ހުންނަ ނީލަންމުދަލާއި، ބައުމުދާ ވިއްކާ ގޮޅިތައްހިންގާ ފަރާތްތަކުން މިހާރު ބޭނުން ކުރަމުން ގެންދާ ގޮޅިތައް ހުސްކުރުމަށް މާލޭ ސިޓީކައުންސިލްގެ 03 ވަނަ ދައުރުގެ 98 ވަނަ ރަސްމީ ޖަލްސާއިން ނިންމެވި ނިންމެވުން ނަމްބަރ 98/C-03/2020 ( 08 ޖުލައި 2020 ) އިން 01 މަސްދުވަހުގެ ތެރޭގައި ތަންހުސްކުރުމަށް ނިންމަވާ ފައި ވުމާއެކު ، 16 ޖުލައި 2020 ވަނަ ދުވަހުން ފެށިގެން 15 އޮގަސްޓް 2020 ވަނަ ދުވަހުގެ 18:00އަށް ގޮޅިތަކުގައި ހުރި  ތަކެތީގެ ވެރިފަރާތުން ނަންގަވާ ގޮޅިތައް ހުސްކޮށް ސާފުކޮށް ކުނިތައް އުކާލުމަށް އަންގަމެވެ. އަދި މި މުއްދަތުގެ ނިޔަލަށް ހުސްނުކޮށް ހުންނަ ގޮޅިތަކުގައި ހުންނަ ތަކެއްޗަކީ ބޭނުން ނެތިގެން ދޫކޮށްލާފައި ހުރި ތަކެތި ކަމަށް ބަލައި އެފަދަ ތަކެތި މިކައުންސިލުން ނަގާ ކުނީގެގޮތުގައި ނައްތާލާނެކަން އަންގާ  އިޢުލާނު ކުރީމެވެ.

          ގޮޅިތައް ހުސްކުރުމުގެ މަސައްކަތް ކުރުމަށް ސަރަހައްދު ހުޅުވިފައި ހުންނާނީ ހުކުރުދުވަސް ފިޔަވައި ކޮންމެދުވަހަކު ހެދުނު 8:00 އިން ހަވީރު 18:00 އަށް.އަދި ރޭގަނޑު 20:00 އިން 22:00 އަށް   ( 15 އޮގަސްޓް 2020 ) ގެ ނިޔަލަށެވެ.

16 ޖުލައި 2020