ދިވެހިރާއްޖެ
ލ.މާވަށު މެޖިސްޓްރޭޓް ކޯޓުގެ ޢިމާރާތާއި ގޯތީގެ ސެކިއުރިޓީ ބަލަހައްޓައިދިނުމުގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެ، ކޮށްފައިވާ މި ކޯޓުގެ ނަންބަރ O7C-A/2020/01 (02 ފެބްރުއަރީ 2020) އިޢުލާން ބާޠިލް ކުރުމަށްފަހު އަލުން އިޢުލާންކުރަމެވެ.
ލ.މާވަށު މެޖިސްޓްރޭޓް ކޯޓުގެ ޢިމާރާތާއި ގޯތީގެ ސެކިއުރިޓީ ބަލަހައްޓައިދިނުމުގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.
ވީމާ ލ.މާވަށު މެޖިސްޓްރޭޓް ކޯޓުގެ ޢިމާރާތާއި ގޯތީގެ ސެކިއުރިޓީ ބަލަހައްޓައިދިނުމުގެ ޚިދުމަތް ކޮންޓްރެކްޓްގައި ސޮއިކުރާ ތާރީޚުންފެށިގެން މީލާދީ އެއްއަހަރުދުވަހުގެ މުއްދަތަށް ފޯރުކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 20 ޖުލައި 2020 ވަނަ ދުވަހުގެ 13:00 އަށް ލ.މާވަށު މެޖިސްޓްރޭޓް ކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 23 ޖުލައި 2020 ވަނަ ދުވަހުގެ 13:00 އަށް ލ.މާވަށު މެޖިސްޓްރޭޓް ކޯޓަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މި ޚިދުމަތް ފޯރުކޮށްދިނުމަށް އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ހަމަޖެހިފައިވާ ގަޑީގައި އެކަންޏެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާއިރު ޢާއްމުފަރުދެއްނަމަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތެއްކަން އެނގޭނެ ލިޔުމާއި، އައިޑީކާޑް ނުވަތަ އައިޑީކާޑް ކޮޕީ ކުންފުނި/ ޖަމްޢިއްޔާ އަކުންނަމަ ކުންފުނި/ ޖަމްޢިއްޔާގެ ވިޔަފާރި ރަޖިސްޓްރީ ގެ ކޮޕީގެންނަވަންވާނެއެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ޙާޟިރުވާނަމަ ބަދަލުހަމަޖެއްސިކަމުގެ ލިއުމާއި ބަދަލު ހަމަޖެއްސި ފަރާތުގެ އައިޑީކާޑް ކޮޕީ އާއި ޙާޟިރުވާ ފަރާތުގެ އައިޑީކާޑް ނުވަތަ އައިޑީކާޑު ކޮޕީ އަދި ކުންފުނި / ވިޔަފާރި / ޖަމްޢިއްޔާއެއްނަމަ ތަމްސީލްކުރާފަރާތް އަންގައިދޭލިއުމާއި ޙާޟިރުވާ ފަރާތުގެ އައިޑީކާޑް ނުވަތަ އައިޑީކާޑް ކޮޕީ ގެންނަވަންވާނެއެވެ.