މަސައްކަތް
ނަންބަރު: (IUL)13-K/13/2020/197
ޕަބްލިޝްކުރި ތާރީޚް: 15 ޖުލައި 2020
ޕަބްލިޝްކުރި ގަޑި: 23:22
ސުންގަޑި: 21 ޖުލައި 2020 13:00
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ
ދިވެހިރާއްޖެ
އޮފިޑް ފޭސް 3 ގެ ދަށުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ފެނާއި ނަރުދަމާ އަދި ބަނދަރުތަކުގެ މަސައްކަތްތައް ސުޕަރވައިޒްކޮށް ބަލަހައްޓާނެ ކޮންސަލްޓަންޓެއް ހޯދުމުގެ މަސައްކަތް- އިސްލާޙުކުރެވިފައި

ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

1. ދިވެހި ސަރުކާރަށް އޮޕެކް ފަންޑް ފޯރ އިންޓަރނޭޝަނަލް ޑެވެލޮޕްމަންޓް (އޮފިޑް) ލޯނުގެ އެހީގައި ތިރީގައި ދަންނަވާފައިވާ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

2. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެދިލެއްވުމުގެ މަތިން އޮފިޑް ފޭސް 3 ގެ ދަށުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ފެނާއި ނަރުދަމާ އަދި ބަނދަރުތަކުގެ މަސައްކަތްތައް ސުޕަރވައިޒްކޮށް ބަލަހައްޓާނެ ކޮންސަލްޓަންޓެއް ހޯދަން ބޭނުންވެގެން ކުރި މިމިނިސްޓްރީގެ ނަންބަރު  (IUL)13-K/13/2020/169 އިޢުލާނުގައިވާ ޝައުޤުވެރިކަން ފާޅުކުރުމުގެ ސުންގަޑި ތިރީގައިވާ ގޮތަށް އިތުރުކޮށްފީމެވެ. ވީމާ، މިމަސައްކަތަށް "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

3. މި މަސައްކަތުގެ ތެރޭގައި ހިމެނެނީ ރަށްތަކުގައި ކުރިއަށްގެންދާ ފެނާއި ނަރުދަމާ އަދި ބަނދަރުތަކުގެ މަސައްކަތްތައް ސުޕަރވައިޒް ކުރުމުގެ މަސައްކަތެވެ. މިމަޝްރޫޢުގެ ދަށުން ހިމެނޭ ރަށްތަކުގެ ތަފްސީލް މި މަސައްކަތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) ގައި ބަޔާންކުރެވިފައިވާނެއެވެ.

4. މަތީގައި ދެންނެވިފައިވާ މަސައްކަތައް ޝަޢުޤުވެރިވާ ފަރާތްތަކުން މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށްދޭ ލިޔެކިޔުން (ކުންފުނީގެ ފަންނީ ޤާބިލު ކަން، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް މަސައްކަތްތަކުގެ އަގު އެނގޭނޭހެން، ކުންފުނީގެ މުވައްޒަފުންގެ މިފަދަ މަސައްކަތްތަކުގެ ހުނަރާއި ޤާބިލުކަން އަދި ކުންފުނީގެ މިފަދަ މަސައްކަތުގެ މަޢުލޫމާތު) ހުށަހަޅަން ވާނެއެވެ.

5. މި މަސައްކަތްތަކަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު ދެވޭނެއެވެ. މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޮވުމުގައި ޢަމަލުކުރާނީ، ކުއަލިޓީ ކޮސްޓް ބޭސްޑް ސިލެކްޝަން (ކިއު.ސީ.ބީ.އެސް) އުޞޫލުންނެވެ.

6. މިމަސައްކަތްތަކާއި ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީއޯއާރް) މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv  އިން 2 ޖުލައި 2020 އިން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.

7. ވީމާ މިކަމަށް ޝަޢުޤުވެރިވާ، ޝަރުޠުހަމަވާ ފަރާތްތަކުން 21 ޖުލައި 2020 ވާ އަންގާރަ ދުވަހުގެ 1300 ނިޔަލަށް "އެކްސްޕްރެޝަން އޮފް އިންޓަރަސްޓް" މެއިލް ނުވަތަ އީމެއިލް މެދުވެރިކޮށް މިމިނިސްޓްރީއަށް ހުށަހެޅުއްވުންއެދެމެވެ.

ނެޝަނަލް ޓެންޑަރ،

މިނިސްޓްރީ އޮފް ފިނޭންސް،

އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

ފޯން    : 9603349106+| 9603349147+| 9603349191+

އީމެއިލް  :  [email protected]

ކޮޕީ     :  [email protected]

15 ޖުލައި 2020

15 ޖުލައި 2020