ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)388-PRO/388/2020/50
ޕަބްލިޝްކުރި ތާރީޚް: 12 ޖުލައި 2020
ޕަބްލިޝްކުރި ގަޑި: 22:06
ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަކުދިންގެ ޕާކު އަދި ޣާޒީމަގު ހެދުމާއިގުޅޭ

ވަންދޫ ޕްރީސްކޫލުގެ ދެކުނުން އެޅުމަށް ހަމަޖެހިފައިވާ އިންޑޯހޯލާއި މިސަރަހައްދުގައި ފެނާއި ނަރުދަމާގެ މަސައްކަތައް ދޫކުރެވިފައިވާ ބިމުގެ ދެކުނުން އެޅުމަށްހަޖެހިފައިވާ ކުޑަކުދިންގެ ޕާކު އަދި ޣާޒީމަގު ހެދުމުގެ މަސައްކަތް މިހިނގާ ހަފްތާގައި ފެށުމަށް މިކައުންސިލުން ވަނީ ތާވަލްކުރެވިފައެވެ. ބަޔާންކުރެވިފައިވާ މަސައްކަތްތައް ކުރިޔައްގެންދިއުމުގައި މިސަރަހައްދުތަކުގައިވާ ރުއްގަސް ނެގުމުގެ މަސައްކަތް ކުރިޔައްދާމިންވަރުން ރުއްގަހުގެ ބަދަލުފައިސާ ޚަވާލްކުރުމުގެ މަސައްކަތް ކުރިޔައްދާނޭކަމުގައި ދެންނެވީމެވެ. އަދި މިމަސައްކަތްތައް ކުރިޔައްގެންދިއުމުގައި ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާކަމުގައި ދެންނެވީމެވެ. 

                             މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ވަންދޫ ކައުންސިލް އިދާރާގެ ނަމްބަރު 7980047 ފޯނާގުޅުއްވުންއެދެމެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށް އިޢުލާނުކުރީމެވެ.

12 ޖުލައި 2020