މަސައްކަތް
ނަންބަރު: (IUL)7-ADMN/1/2020/27
ޕަބްލިޝްކުރި ތާރީޚް: 09 ޖުލައި 2020
ޕަބްލިޝްކުރި ގަޑި: 13:55
ސުންގަޑި: 16 ޖުލައި 2020 10:00
އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
އޮފީސްތެރެ ފޮޅައި ސާފުކުރާނެ ފަރާތެއް ބޭނުންވެއްޖެ

މިއޮފީސް ހިނގަމުންދާ ޣާޒީ ބިލްޑިންގގެ 1 ވަނަ ފަންގިފިލާގެ އިރުމަތީ ބަޔާއި 3 ވަނަ ފަންގިފިލާގައި ހިމެނޭ އެންމެހާ ތަންތަން އެއް އަހަރު ދުވަހުގެ މުއްދަތަށް  ފޮޅައި ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2020 ޖުލައި 16 ވާ ބުރާސްފަތި ދުވަހު 10:00 އަށް މިއޮފީހަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުވުމަށްފަހު، 2020 ޖުލައި 23 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މިއޮފީހަށް އަގު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު އޮޅުންފިލުއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ. އަދި އެދުވަހެއްގެ 10:00 ގެ ފަހުން މިކަމާ ގުޅޭ މަޢުލޫމާތު ހޯއްދެވުމަށް ވަޑައިގަންނަވާ ފަރާތްތަކާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތައް ހޯލަށް ނުވެއްދޭނެ ވާހަކަވެސް ދެންނެވީމެވެ.

09 ޖުލައި 2020