ދިވެހިރާއްޖެ
އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތައް ކަމަށްވާ އެޗްސީއެފްސީ އަދި އެޗްއެފްސީ އެކުލެވޭ ރެފްރިޖިރެންޓްސް އަދި އެއަރ ކޮންޑިޝަނިންގގެ ބާވަތްތައް އޯޒޯން ފަޝަލައާ ރަށްޓެހި R-290/R-600a ގޭހަށް ބަދަލުކުރުމަށް ޝައުގުވެރިވެލައްވާ ފަރާތަތަކަށް ބިޑް ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމަވެ.
މި މިސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗް ކޮށްފައި ވާނެއެވެ.މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުން ވެއްޖެނަމަ ލިޔުމުން މި މިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ސާފުކުރުން
މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރައްވާނީ 14 ޖުލައި 2020 ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން [email protected] އަށް ފޮނުއްވުން އެދެމެވެ.
ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން
ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 21 ޖުލައި 2020 ވާ އަންގާރަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގައި މި މަސައްކަތަށް ބިޑް ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތު ހާޒިރުވެ ތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެ ފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
ބިޑް ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.
ޕްރޮކިޔުމަންޓް ސެކްޝަން،
މިނިސްޓްރީ އޮފް އެންވަޔަރަމަންޓް،
ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.
އީމެއިލް: [email protected]
ވެބްސައިޓް: www.environment.gov.mv
މަޝްރޫއުގެ ނަން: އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތައް ކަމަށްވާ އެޗްސީއެފްސީ އަދި އެޗްއެފްސީ އެކުލެވޭ ރެފްރިޖިރެންޓްސް އަދި އެއަރ ކޮންޑިޝަނިންގގެ ބާވަތްތައް އޯޒޯން ފަޝަލައާ ރަށްޓެހި R-290/R-600a ގޭހަށް ބަދަލުކުރުން.
އިޢުލާނު ނަންބަރު: (IUL)438-ENV/438/2020/113
ނޯޓް:
ބީލަމާއެކު ހުށަހަޅާ އަގު ބަޔާންކޮށްފައިވާ ކޯޓޭޝަން/ޝީޓުގައި ގައި ކުންފުނީގެ ތައްގަނޑު އަދި ވެރިފަރާތުގެ ސޮއި އިންނަންވާނެއެވެ.މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްއަށް ލިބިގެންވެއެވެ.