ދިވެހިރާއްޖެ
ނަންބަރު: IUL)120/1/2020/31)
އިޢުލާން
އޮފީސް އިމާރާތެއް ހޯދުން
މިޑިޕާޓްމަންޓްގެ މަސައްކަތްތަށް ހިންގުމަށްޓަކައި އޮފީސް އިމާރާތެއް ކުއްޔަށްދިނުމަށް ޝައުޤްވެރިވާ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ އެކަށީގެންވާ ފެންވަރަކަށް ބިނާކޮށްފައިވާ ޢިމާރާތެއް ގިނަވެގެން 3 ފަންގިފިލާއިން 6500 އަކަފޫޓަށް ވުރެ ކުޑަނޫން ޖާގައެއް ދެއްވަން ބޭނުންވާ ފަރާތްތަކުން 2020 ޖުލައި 13 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް މިޑިޕާޓްމަންޓަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު 2020 ޖުލައި 19 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 އަށް މިޑިޕާޓްމަންޓަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކޮށްދިނުމާއި، އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މިޑިޕާޓްމަންޓް ހިނގަމުންދާ ފިލާބިލްޑިންގ 2 ގެ 3 ވަނަ ފަންގިފިލާގައެވެ. ބިޑް ހުށަހެޅޭނީ ޕްރީބިޑް މީޓިންގއަށް ޙާޒިރުވާ ފަރާތްތަކަށް އެކަންޏެވެ.
18 ޛުލްޤައިދާ 1441
09 ޖުލައި 2020