ދިވެހިރާއްޖެ
މަޤާމް: |
މަސައްކަތު (ކޮންޓްރެެކްޓް) |
ބޭނުންވާ އަދަދު: |
1 (އެކެއް) |
މަޤާމުގެ ގިންތި: |
ކޮންޓްރެކްޓް |
މަޤާމުގެ ރޭންކް: |
އެސް.އެސް. 1 |
މަޤާމުގެ މުއްދަތު: |
03 މަސް |
މަޤާމުގެ ކްލެސިފިކޭޝަން: |
ސަޕޯރޓް ސްޓާފް ގްރޭޑް 1 |
ސެކްޝަން: |
ކޯޕަރޭޓް އެފެއާޒް |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމް ކައުންސިލްގެ އިދާރާ / ހދ. ނޮޅިވަރަން |
މުސާރަ: |
-/3100 ރުފިޔާ (ތިންހާސް އެއްސަތޭކަ ރުފިޔާ) |
ސަރވިސް އެލަވަންސް: |
-/1000 ރުފިޔާ (އެންހާސް ރުފިޔާ) |
އިތުރު ޢިނާޔަތްތައް: |
1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. 2. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ. |
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވަޖިބުތައް: |
1- ކައުންސިލް އިދާރާގެ ޢިމާރާތުގެ އެންމެހާ ތަންތަން ކުނިކަހާ ސާފުކޮށް މޮޕް ޖެހުން. 2- ކޮންމެ ދުވަހަކު އެއް ފަހަރު ކައުންސިލް އިދާރާގެ 02 ފާޚާނާ ދޮވެ ސާފުކޮށް ބެލެހެއްޓުން 3- ކައުންސިލް ހިޔާ ކުނިކަހާ ސާފުކޮށް ބެލެހެއްޓުން 4- ކައުންސިލް އިދާރާގައި ހުންނަ ހުރިހާ ޑަސްޓްބިންތައް އުކާލުން. 5- އިދާރާގެ ކޯޕަރޭޓް އެފެއަރޒުން ހޯދަން ބޭނުންވާ މީހުން ހޯދުމާއި އާންމުކޮށް ފެންނާނެ ގޮތަށް ބަހައްޓަން ބޭނުންވާ އިޢުލާން ދެންނެވުން ފަދަ ތަކެތި ބެހެއްޓުމާއި އެކިއެކި ފަރާތްތަކަށް ޙަވާލުކުރަންޖެހޭ ލިޔެކިޔުން ފަދަ ތަކެތި ޙަވާލުކުރުން 6- ގޯތި ގޯތީގެ އިން ވަކިކޮށްދިނުމާއި ރަޖިސްޓްރީ ހެދުމަށް ބޭނުންވާ މިންއެޅުމަށް ކުރަންޖެހޭ މަސައްކަތުގައި އެހީތެރިވެދިނުން. 7- ކައުންސިލް އިދާރާގެ ދިދަ ނެގުން ފަދަ އިދާރާގެ މަސައްކަތާއި ގުޅޭގޮތުން ޙަވާލުކުރެވޭ މަސައްކަތް ކުރުމާއި ނުރަސްމީ ގަޑީގައި އިދާރާ ހުޅުވަންޖެހޭ ޙާލަތެއް މެދުވެރިކޮށް އިދާރާއަށް ނުކުތުމަށް ވެރިޔަކު އަންގަވައިފިނަމަ ނުކުތުމާއި ކުރުމަށް އަންގަވާ މަސައްކަތެއް ކުރުން. 8- މަސައްކަތުގެ ދާއިރާއާއި ގުޅުންހުރި އެހެނިހެން މަސައްކަތްތައް ކުރުން. |
މަޤާމުގެ ޝަރުޠުތައް: |
|
ވަޒީފާއަށް އެންމެ ޤާބިލް މީހަކު ހޮވުމަށް ބެލޭނެ ކަންކަން: |
ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު
މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު
މަސައްކަތުގެ ހުނަރު/އިންޓަވިއު |
ހުށަހަޅަންޖެހޭ ލިޔުންތައް: |
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ، (ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއްއްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ / ޖަމާޢަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް (ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި މަސައްކަތް ކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް |
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
ވަޒީފާއަށް އެދޭ ފޯމު ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމް ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް https://www.csc.gov.mv އިން މިފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 20 ޖުލައި 2020 ވާ (ހޯމަ) ދުވަހުގެ 13:00 ގެ ކުރިން ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމް ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށް ބަލައި ގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ: [email protected] އެވެ. އެޕްލިކޭޝަން ފޯމާއިއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ. |
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 21 ޖުލައި 2020 އާއި 23 ޖުލައި 2020 ދެމެދު ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލް އިދާރާގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. |
ޝޯޓްލިސްޓްކުރުން: |
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ |
މި މަޤާމަށް މީހުން ހޮވުމަށް ކަނޑައެޅިފައިވާ ކްރައިޓީރިޔާގެ ހުރިހާ ބަޔަކުން ޖުމްލަ %35 (ތިރީސް ފަސް އިންސައްތަ) އަށްވުރެ މަތިވާންޖެހޭނެއެވެ. |
އިތުރު މަޢުލޫމާތު ހޯދުން: |
މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ މިއިދާރާގެ 6520043 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރާނީ މިއިދާރާގެ މެއިލް އެޑްރެސް: [email protected] އަށެވެ. |