ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)374-C/374/2020/86
ޕަބްލިޝްކުރި ތާރީޚް: 08 ޖުލައި 2020
ޕަބްލިޝްކުރި ގަޑި: 14:03
ސުންގަޑި: 19 ޖުލައި 2020 11:00
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ އިދާރާއަށް ޕިކަޕެއް ވިއްކާނެ ފަރާތެއް ހޯދުން

މި އިދާރާއަށް ޕިކަޕެއް ގަންނަން ބޭނުން ވެގެން 15 ޖޫން 2020 ގައި، މިއިދާރާއިން ކޮށްފައިވާ ނަންބަރު(IUL)374-C/374/2020/78 : ޢިއުލާނުގައި މައްސަލަތަކެއް ހުރުމުން އެޢިއުލާން ބާތިލް ކުރުމަށްފަހު، ޕިކަޕެއް ގަތުމަށް އަލުން ޢިއުލާންކުރަމެވެ.

ވީމާ، މިއިދާރާއަށް ޕިކަޕު ވިއްކަން ބޭނުންފުޅުވާ ފަރާތްތަކުން، މިއިދާރާއިން ދޫކުރާ އަންދާސީ ހިސާބު ހުށަހަޅާ ފޯމު ފުރިހަމަ ކުރައްވައި 2020 ޖުލައި 19 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން ފޯމު ހުށަހެޅުއްވުން އެދެމެވެ. ގަޑިޖެހުމަށް ފަހު ހުށަހަޅާ ފޯމުތައް ބަލައެއްނުގަނެވޭނެއެވެ.

މިއިދާރާއަށް ގަންނަން ބޭނުންވާ ޕިކަޕުގެ މަޢުލޫމާތު  ކަރުދާހާއި  އަންދާސީ ހިސާބު ހުށަހަޅާ ފޯމު، މިއިދާރާއިން ލިބެން ހުންނާނެއެވެ. އަދި މިއިދާރާގެ ވެބްސައިޓާއި (www.fncl.gov.mv)،  ފޭސްބުކް ޕޭޖުންވެސް (Faafu Nilandhoo Council Idhaaraa)  އެ ލިއުންތައް ނެގެން ހުންނާނެއެވެ.

17 ޛުލްޤައިދާ 1441

08  ޖުލައި  2020

08 ޖުލައި 2020