މަސައްކަތް
ނަންބަރު: (IUL)FHS/2020/02
ޕަބްލިޝްކުރި ތާރީޚް: 07 ޖުލައި 2020
ޕަބްލިޝްކުރި ގަޑި: 08:36
ސުންގަޑި: 13 ޖުލައި 2020 13:00
ފެކަލްޓީ އޮފް ހެލްތު ސައެންސަސް
ދިވެހިރާއްޖެ
ސަބްޖެކްޓް އައުޓްލައިން ލިއުމަށް ބޭނުންވެއްޖެ

އިއުލާން

ސަބްޖެކްޓް އައުޓްލައިން ލިއުމަށް ބޭނުންވެއްޖެ

މިފެކަލްޓީ އިން ހިންގާ ބެޗްލާރ އޮފް އޮކިޕޭޝަނަލް ހެލްތް އެންޑް ސޭފްޓީ ކޯހުގެ ތިރީގައިމިވާ މާއްދާތަކުގެ ސަބުޖެކްޓް އައުޓްލައިން، މިފެކަލްޓީ އިން ބޭނުންވާ ގޮތަށް ލިޔެދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

1-      އިންޑަސްޓްރިއަލް ސައިކޮލޮޖީ

2-      ޕްރޮސެސް ސޭފްޓީ އެންޑް ލޮސް ޕްރިވެންޝަން

3-      ސޭފްޓީ ލޯ އެންޑް މެނޭޖްމަންޓް

4-      ކޮންޓެމްޕަރަރީ ރިސްކު މެނޭޖްމަންޓް

މިމަސައްކަތުގެ މައުލޫމާތު ޝީޓް މިއިއުލާނާއި އެކު އޭޓޭޗް ކުރެވިފައިވާނެއެވެ. އަދި 12 ޖުލައި 2020 ވާ އާދީއްތަ ދުވަހުގެ 14:00 އާއި ހަމައަށް މައުލޫމާތު ޝީޓްގެ އޮރިޖިނަލް މިފެކަލްޓީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

         ވީމާ މިމަސައްކަތް ކޮށްދެއްވަން ޝައުގުވެރިވެލައްވާ ފަރާތްތަކުގެ ބިޑް ބަލައިގަތުން އޮންނާނީ 13 ޖުލައި 2020 ވާ ހޯމަ ދުވަހުގެ 13:00 ގައި ފެކަލްޓީ އޮފް ހެލްތް ސައިންސަސްގެ މީޓިންގ ރޫމްގައެވެ. ގަނޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކުގެ ބިޑް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މިކަމާބެހޭ އިތުރު މައުލޫމާތު ހޯދަންބޭނުންފުޅުވާނަމަ، މިފެކަލްޓީގެ ލެކްޗަރަރ އަލްފާޟިލާ އާމިނަތު ޝަފްރަތު އާދަމް (9920033) އަށް ރަސްމީ ދުވަސްތަކުގައި 08:00 އާއި 14:00 ދެމެދު ގުޅުއްވުން އެދެމެވެ.

07 ޖުލައި 2020