ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)355-ESMS/355/2020/38
ޕަބްލިޝްކުރި ތާރީޚް: 06 ޖުލައި 2020
ޕަބްލިޝްކުރި ގަޑި: 14:23
ސުންގަޑި: 23 ޖުލައި 2020 13:00
އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް ހުޅުވައިލުން:

1440ވަނަ އަހަރުގެ މުދަލުޒަކާތް ބެހުމަށްޓަކައި މުޅި ރާއްޖޭގެ ފަޤީރުންގެ ދަފްތަރު މުރާޖައާ ކުރުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ނިންމާފައިވާތީ، ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދި ފޯމް ހުށައެޅުމުގެ ފުރުޞަތު 6 ޖުލައި 2020އިން 23ޖުލައި 2020ވަނަ ދުވަހުގެ 13:00ގެ ނިޔަލަށް ހުޅުވާލަމެވެ.

މިއަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ފަޤީރުންގެ ދަފްތަރު މުރާޖަޢާ ކުރުމުގެ މަސައްކަތް ކަމުގައިވާތީ މިހާރު އެކުލަވާލަާފައިވާ ދަފްތަރުގައި ހިމެނޭ ފަރާތްތައް އަލުން ރަޖިސްޓްރީވާން ނުޖެހޭނެ ވާހަކަ ދަންނަވަމެވެ. އަދި މިހާރު އެކުލަވާލެވިފަިއވާ ދަފްތަރުގައި ހިމެނޭ ފަރާތެއް ދަފްތަރުން އުނިކުރުމަށް ބޭނުންވާނަމަ އެކަން ބަޔާންކޮށް ކައުންސިލަށް ސިޓީއެއް ހުށައެޅުމަށް ދަންނަވަމެވެ.

ވީމާ، ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމު ދޫކުރުމަަށާއި ބަލައިގަތުން 6 ޖުލައި 2020އިން ފެށިގެން 23 ޖުލައި 2020ވަނަ ދުވަހުގެ މެންދުުރުފަހު 13:00ގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 09:00އިން 13:00އަށް މިއިދާރާގައި ކުރިއަށް ދާނެއެވެ. މިމުއްދަތުގެ ފަހުން ހުށައަޅާ ފޯމާއި، ފޯމުގައިވާ މައުލޫމާތާއި ހުށައަޅަން ޖެހޭ ލިޔުންތައް ހަމަނުކޮށް ހުށައަޅާ ފޯމު ބަލައިނުގަނެވޭނެއެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

06 ޖުލައި 2020