ކުއްޔަށް ދިނުން
ނަންބަރު: (IUL)305-ME305/305/2020/58
ޕަބްލިޝްކުރި ތާރީޚް: 06 ޖުލައި 2020
ޕަބްލިޝްކުރި ގަޑި: 14:11
ސުންގަޑި: 09 ޖުލައި 2020 13:00
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަސް ވަރުވާއަށް ދޫކުރުމާއި ގުޅޭ

 

އިޢުލާން

 

ރުއްގަސް ވަރުވާއަށް ދޫކުރުމާއި ގުޅޭ

ރ.މާކުރަތު ރައްޔިތުންގެ އިންޖީނުގެ ގޯތިތެރޭގައި ހުރި 1(އެކެއް) ގަސް ބަނބުކޭލާއި ރ.މާކުރަތު ރައްޔިތުންގެ ރަށްވެހިގެ ގޯތިތެރޭގައި ހުރި ފޯދުނު 5(ފަހެއް) ދިވެހި ރުއް 2(ދޭއް) އަހަރުގެ މުއްދަތަށް ވަރުވާއަށް ދޫކޮށްލުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 09 ޖުލައި 2020 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 1:00 ށް އަގު ހުށަހެޅުމަށް އެދެމެވެ. އަގު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ހުށަހަޅުއްވާ އަގުތަކުގެ ތެރެއިން އެންމެ ބޮޑު އަގެއް ހުށަހަޅާ ފަރާތަކަށް ވަރުވާއަށް މިރުއްގަސް ހަވާލު ކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި ވަރުވާއަށް އެދި އަގު ހުށަހަޅާ ފޯމް މިކައުންސިލްގެ ކައުންޓަރ އިން ލިބެން ހުންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

                 15 ޛުލްޤާއިދާ 1441

06 ޖުލައި 2020