މަސައްކަތް
ނަންބަރު: (IUL)305-ME305/305/2020/59
ޕަބްލިޝްކުރި ތާރީޚް: 06 ޖުލައި 2020
ޕަބްލިޝްކުރި ގަޑި: 14:05
ސުންގަޑި: 08 ޖުލައި 2020 13:00
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޢިޖުތިމާޢީ ފެންތާނގީތައް ބަލަހައްޓާނެ ފަރާތެއް ހޯދުމާގުޅޭ

އިޢުލާން

ޢިޖުތިމާޢީ ފެންތާނގީތައް ބަލަހައްޓާނެ ފަރާތެއް ހޯދުމާގުޅޭ

                މި އިދާރާގެ ނަންބަރު : (IUL)305-ME305/305/2020/52 (25 ޖޫން  2020) އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހެޅުމަށް ޙާޟިރުވެފައިވަނީ 2 ފަރާތުން ކަމަށްވާތީ، އެ ޢިއުލާނު ބާޠިލުކޮށް އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނު ކުރީމެވެ.

މިކައުންސިލުން ބަލަހައްޓަމުން ގެންދާ ތިރީގައި ދެންނެވިފައިވާ ތަންތަނުގާ ބެހެއްޓިފައިހުރި ވާރޭފެން ތާނގީތައް ކުދިމަރާމާތުކޮށް، ސާފުކޮށް ވާރޭފެން ނަގައި ބަލަހައްޓާނެ ފަރާތެއް ހޯދުމައް ބޭނުންވެއެވެ.

  1. ރ.މާކުރަތު ކައުންސިލްގެ އިދާރާ
  2. ރ.މާކުރަތު މަސްޖިދުލް އަންވާރު
  3. ރ.މާކުރަތު މަސްޖިދުލް ނަޖާހިއްޔާ (ރިޟްވާން)
  4. ރ.މާކުރަތު ދޮޅިދާންގެ
  5. ރ.މާކުރަތު ޕްރީސްކޫލް

މިމަސައްކަތް ހަވާލުކުރުމައް ހަމަޖެހިފައިވަނީ 2 އަހަރު ދުވަހުގެ މުއްދަތަށެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 08 ޖުލައި 2020 ވާ ބުދަ ދުވަހުގެ ހެނދުނު 13:00 ށް މިއިދާރާއަށް ހާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 13 ޖުލައި 2020 ވާ ހޯމަ ދުވަހުގެ ހެނދުނު 13:00 ށް އަންދާސީ ހިސާބު ހިއްޕަވައިގެން މިއިދާރާއަށް ވަޑައިގެން ދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން ބަޔާން ކުރައްވާ ސިޓީ ހުށަހަޅުއްވަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅުއްވޭނެ ކަމުގައި ދެންނެވީމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

                  15 ޛުލްޤަޢިދާ 1441

06 ޖުލައި 2020