ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)306/306/2020/24
ޕަބްލިޝްކުރި ތާރީޚް: 06 ޖުލައި 2020
ޕަބްލިޝްކުރި ގަޑި: 14:05
ސުންގަޑި: 23 ޖުލައި 2020 13:00
މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1441ވަނަ އަހަރުގެ ފަޤީރުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވާން އެދޭ ފަރާތްތަކަށް އެފުރުސަތު ހުޅުވާލުމާއި ބެހޭ،

ނަމްބަރ : (IUL)306/306/2020/24

އިޢުލާން

 

 

 

 1441ވަނަ އަހަރުގެ ފަޤީރުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވާން އެދޭ ފަރާތްތަކަށް އެފުރުސަތު ހުޅުވާލުމާއި ބެހޭ،

1441 ވަނަ އަހަރުގެ ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކަށް 05 ޖުލައި 2020 އިން ފެށިގެން 23 ޖުލައި 2020 ވަނަ ދުވަހުގެ މެންދުރު 13:00 އާ ހަމައަށް އެފުރުސަތު

ހުޅުވާލާފައިވާ ކަމަށް "މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް" އިން ކައުންސިލަށް ވަނީ އަންގަވާފައެވެ.

އަދި މި ފުރުޞަތު ހުޅުވާލިއިރު ވޭތުވެދިޔަ އަހަރު ފަޤީރުންގެ ލިސްޓްގައި ހިމެނިފައިވާ ފަރާތެއްނަމަ އަލުން ފޯމް ހުށައަޅަން ނުޖެހޭނެ ކަމުގައިވެސް މިނިސްޓްރީން ވަނީ ދަންނަވާފައެވެ.

އެހެންކަމުން މިދެންނެވި ލިސްޓްގައި ހިމެނިފައި ނުވާ ފަރާތްތަކުން، މިރަށު ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވާން އެދޭ ނަމަ "ފަޤީރުންނާއި މިސްކީނުންގެ ގޮތުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމު"

ފުރިހަމަކުރެއްވުމަށްފަހު މިކައުންސިލަށް ހުށައެޅުމަށް ދަންނަވަމެވެ.

 

ފޯމު ދޫކުރުމާއި ބަލައިގަތުން ކުރިއަށްދާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 9:00 އިން 12:00 އަށެވެ.

 

   ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރަމެވެ.

             06 ޖުލައި 2020      

06 ޖުލައި 2020