ވަޒީފާގެ ފުރުޞަތު
ނަންބަރު: 146-A1/2020/84
ޕަބްލިޝްކުރި ތާރީޚް: 06 ޖުލައި 2020
ޕަބްލިޝްކުރި ގަޑި: 13:04
ސުންގަޑި: 15 ޖުލައި 2020 13:00
ފެމިލީ ކޯޓް
ދިވެހިރާއްޖެ
ކޮންޓްރެކްޓް އުޞޫލުން ޝަރުޢީ މަޢުޛޫނުކަން ކުރުމުގެ ފުރުސަތު

146-A1/2020/84:ނަންބަރު

ޝަރުޢީ މަޢުޛޫނުކަން ކުރުމުގެ ފުރުޞަތު

މިކޯޓަށް ކޮންޓްރެކްޓް އުޞޫލުން ކައިވެނިޢަޤުދު ކޮށްދޭނޭ ޝަރުޢީ މަޢުޛޫނުން ބޭނުންވެއެވެ.

ބޭނުންވާ ޢަދަދު:

 12 

ކޯޓު/އިދާރާ:

 ފެމިލީ ކޯޓު

އެލަވަންސް:

 -/250 ރުފިޔާ (އަޤުދު ކޮށްދޭ ކޮންމެ ކައިވެންޏަކަށް)

މަޤާމުގެ ޝަރުތު:

ޝަރުޢީ މަޢުޛޫނުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތެއް ކަމުގައިވުން.

ހުށަހަޅަންޖެހޭ ތަކެތި:

 - ޝަރުޢީ މައުޛޫނުކަމަށްއެދި ހުށަހަޅާ ފޯމް

 - ވަނަވަރު

 - އައިޑީކާޑުގެ ކޮޕީ

 - ޝަރުޢީ މަޢުޛޫނުކަން ކުރުމުގެ ހުއްދައިގެ ކޮޕީ

ކައިވެނިކޮށްދޭންޖެހޭ ގަޑި:

 - ކޮންޓްރެކްޓް އުސޫލުން ކައިވެނިޢަޤުދުކޮށްދިނުމަށް ހޮވޭ ފަރާތްތަކުން ރަސްމީގަޑީގަ އާއި ނުރަސްމީ ގަޑީގައި ކޯޓުން ކޮށްދޭންޖެހޭ ކައިވެނިތައް ކޮށްދިނުމަށް ހަވާލުކުރެވޭނެއެވެ.

ސުންގަޑި:

 2020 ޖުލައި 14 ވަނަ ދުވަހުގެ 13:00 ގެ ކުރިން.

އިތުރު މަޢުލޫމާތު:

 - މިމަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ އެކަށީގެންވާ ފަރާތްތައް ހޮވޭނީ މި މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކާ އިންޓަރވިއު ކުރުމަށް ފަހުގައެވެ.

 - މިމަޤާމަށް އެދިލައްވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ޝަރުޢީ މަޢުޛޫނުކަމަށްއެދޭ ފޯމް މިކޯޓުގެ ވެބްސައިޓް www.familycourt.gov.mv އިން ލިބެން ހުންނާނެއެވެ.

 - ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ އީމެއިލް މެދުވެރިކޮށް އެކަންޏެވެ. ފޯމު އީމެއިލް ކުރައްވާނީ [email protected] މި އީމެއިލް އަށެވެ.

06 ޖުލައި 2020