ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)468-LID/468/2020/108
ޕަބްލިޝްކުރި ތާރީޚް: 06 ޖުލައި 2020
ޕަބްލިޝްކުރި ގަޑި: 12:06
ސުންގަޑި: 14 ޖުލައި 2020 14:00
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެރިފަރާތްހޯދުން

 

ފުވައްމުލަކު ފުނާޑު ހާނޖިއެޅެމަގުގެ ދެކުނުން، ޕާކްހައުސް ގޯތީގެ އިރުން އިންވެގެން އޮތް ފެބުލްގޯޅި މަގުގައި ހުރި ނަންބަރު 01 އަދި 02 ޖަހާފައިވާ ފުނަގަހުގެ މިލްކުވެރި ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިފުނަގަހުގެ މިލްކުވެރި ފަރާތެއް ވާނަމަ 14 ޖުލައި 2020 ވާ އަންގާރަ ދުވަހުގެ 14:00 ގެކުރިން އެގަސްތަކަކީ ރަޖިސްޓްރީ ކުރެވިފައި ނުވަތަ ކަމާއިބެހޭ ފަރާތުގެ ހުއްދައާއިއެކު އިންދާފައިވާ ގަސްކަން އެނގޭނެ ލިއުމަކާއިއެކު މިއިދާރާގެ ލޭންޑް އެންޑް އިންފްރާސްޓްރަކްޗަރ ޑިވަލޮޕްމަންޓް ސެކްޝަން  )ކުރީގެ ފުވައްމުލަކު އޮފީސް) އަށް ހުށަހެޅުއްވުން އެދެމެވެ.

06 ޖުލައި 2020